އޭދަފުށީގެ 100 ހައުސިންގ ޔުނިޓްގެ މަސައްކަތް 2018 ވަނަ އަހަރު ކުރިއަށްދާނެ: މުޢިއްޒު

އަންނަ އަހަރުގެ ބަޖެޓްގައި ހިމެނޭ އޭދަފުށީ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ވަރަށް އަވަހަށް އެރަށު ހިއްކި ސަރަޙައްދުގައި ފެށިގެންދާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.ެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ އޭދަފުށީގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުނެވެ.

2018 ވަނަ އަހަރުގެ ބަޖެޓްގައި ބ. އޭދަފުށީގައި 100 ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ހިމަނާފައެވެ. އޭދަފުށީގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރަށްރަށުގެ ބިން ހިއްކުމަށް ސަރުކާރުން ކުރާ ޚަރަދަކީ ދުރު މުސްތަގުބަލަށް ވިސްނުމަށްފަހު ކުރަމުންދާ ކަންތައްތަކެއް ކަމަށެވެ.

އެގޮތުން ރައްޔިތުންނަށް އެންމެ ބޮޑަށް ކުރިމަތި ވެފައިވާ އެއް މައްސަލަޔަކީ ބޯހިޔަވާހިކަމުގައި މައްސަލަކަމަށާއި އެކަމަށް ހައްލު ހޯދުމަށް ރައީސް ޔާމީން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށް. އަދި އަންނަ އަހަރު ބަޖެޓްގައި ހިމަނާފައިވާ ފްލެޓްތަކުގެ މަސައްކަތްވެސް އަވަސް މުސްތަޤުބަލެއްގައި ފެށިގެންދާ މަންޒަރު ފެނިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓްގައި ރާއްޖޭގެ 9 ރަށެއްގައި 800 ހައުސިން ޔުނިޓް އެޅުމަށް ވަނީ 118 މިލިއަން ރުފިޔާ ބަޖެޓްކޮށްފައެވެ. ރަށްރަށުގެ ބިން ހިއްކުމުގެ މަޝްރޫއަކީ ރައްޔިތުންނަށް ގެދޮރު ބިނާ ކުރަން ލިބޭނެ ފުރުސަތެއްގެ ގޮތުގައި މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ. 

އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ މުޢިއްޒު ވިދާޅުވީ، ހުޅުމާލޭގެ ބިން ހިއްކުމުގެ މަޝްރޫޢު ނުހިމަނާ މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިން ހިއްކުމުގެ 11 މަޝްރޫއެއް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަމަށެވެ. އެގޮތުން ސަރުކާރުން ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ މަޝްރޫޢުތަކަށް މިހާތަނަން 1.4 ބިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. 

އޭދަފުށީގެ ބިންހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގެ ހަނދާނީ ބިނާގެ ފަރުދާ ކައްސަވާ ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުން، މި މަޝްރޫޢުގެ ހަނދާނީ ބިނާގެ ފަރުދާ ކައްސަވާ ދެއްވުމަށް އެދިވަޑައިގެންނެވީ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...