އިންޑިޔާ އަށް ބަދު ބަސް ބުނެގެން ނުވާނެ - ރައީސް

ރާއްޖެއާ ޒަމާނުއްސުރެ އެންމެ ގާތް ގައުމަކަށް އިންޑިއާ ވާއިރު، އެގައުމުގެ ބައެއް އަމިއްލަ ފަރާތްތަކުގެ ހިޔާލުތަކުގެ ސަބަބުން، އެއްވެސް ބޭފުޅަކު، އެޤައުމަށް ނިސްބަތްކޮށް ބަދުބަސް ރައްދު ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ.


މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ބަނދަރު ހުޅުއްވައިދެއްވަާ ވާހަކަފުޅު ދައްކަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވީ މިނިވަން ވިޔަފާރިގެ އެއްބަސްވުން އޮތުމަކީ އެހެން ޤައުމަކާ ރާއްޖެއާ ދެމެދުގައި މައްސަލަ ޖެހޭނެ ކަމެއް ނޫން ކަމަށެވެ. މިފަދަ ކަންކަމުގެ ސަބަބުން މަސްލަހަތު ގެއްލިގެންދާނެ ކަމަށާ، މުޅި ރައްޔިތުންގެ މަސްލަހަތައް މިކަމުން ކުރާނީ ކޮންކަހަލަ އަސަރެއްތޯ ވިސްނާލަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.


ރައީސް ވިދާޅުވީ އިންޑިޔާގެ މީހުންގެ ޚިޔާލުތަކަށް އަންނަ ކަންކަމުގައި، ރާއްޖެއިން އެއްވެސް ބަދު ބަހެއް ބުނެގެން ނުވާނެކަމަށެވެ. އަދި އިންޑިޔާއަކީ ޒަމާނުންސުރެ ރާއްޖެއާ އެންމެ ގާތް ގުޅުން އުފެދިފައިވާ އެއް ޤައުމު ކަމަށްވާއިރު، އިންޑިޔާ އާއި އެކުގައިވެސް ވިޔަފާރީގެ އެއްބަސްވުންތައް އެބަހުރި ކަމަށާ، ކުރިއަށް އޮތްތަނުގައިވެސް މިފަދަ އެއްބަސްވުންތަކުގައި ސޮއި ކުރެވިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...