ފިލްމަކަށް ލަވައެއް ކިޔާލަން އަބަދުވެސް ބޭނުންވި: ޕަރިނީތީ

2011 ވަނަ އަހަރުގައި ރިލީޒް ކުރި ފިލްމު "ލޭޑީޒް ވާސަސް ރިކީބެލް"އިން ބެލުންތެރިންގެ ސަމާލުކަން ހޯދި ޕަރީނީ ޗޯޕްރާ، ނުވަތަ އާއްމުކޮށް ކިޔާ ނަމުން ނަމަ، ޕަރީ އަކީ މަޤްބޫލް ތަރިއެކެވެ. އެކި ފިލްމުތަކުން އޭނާ ދައްކުވައިދީފައިވާ ރޯލްތަކަށް ބެލުންތެރިން ވަނީ ތައުރީފް ކޮށްފައެވެ. އެހެންނަމަވެސް ޕަރިނީތީ މިވަނީ އޭނާ އަކީ ލަވަކިޔަންވެސް މޮޅު މީހެއްކަން ހާމަކޮށްދީފައެވެ.

ފިލްމު "މޭރީ ޕިޔާރީ ބިންދޫ"އަށް ޕަރިނީތީ ގެ އަޑުން ކިޔާދީފައިވާ ލަވަ "މާނާ"އަށް ގިނަ ބައެއްގެ ތައުރީފް އޮހިގެންދިޔައެވެ.


ލަވަކިޔުމުގެ ތަޖުރިބާއާއި ބެހޭގޮތުން ޕަރިނީތީ ބުނެފައިވަނީ މިއީ އޭނާ އަބަދުވެސް ކުރާހިތްވި ކަމެއް ކަމަށެވެ. އެހެންމަވެސް، އެކަމަށް ދުވަހަކުވެސް ފުރުސަތު ނުލިބުނު ކަމަށެވެ. ޕަރިނީތީ ބުނީ އޭނާގެ ފުރަތަމަ ލަވައާއި މެދުގައި ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި އެލަވައިގެ މިއުޒިކް ކޮމްޕޯސަރުން ކަމަށްވާ ސަޗިން-ޖިގަރްވެސް ވަނީ ޕަރިނީތީގެ ލަވަކިޔުމުގެ ހުނަރަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
"ސަޅަކު 2" 2020 ވަނަ އަހަރު
Loading...