ފިލިޕިންސްއަށް ތޫފާނެއް އަރާ 100 މީހުން މަރުވެއްޖެ

ފިލިޕިންސަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 100އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ވިންޓާގެ ނަމުން ނަންދެވިފައިވާ މި ތޫފާން އަރާފައި ވަނީ ފިލިޕިންސްގެ ދެކުނުގެ ރަށެއް ކަމަށްވާ މިންޑަނާއޯ އަށެވެ. މި ތޫފާނުގައި ގަޑިއަކު 80 ކިލޯމީޓަރުގެ ބާރު މިނުގައި ވައި ޖެހެމުން އަންނައިރު، ވަރަށް ބޯކޮށް އަންނަނީ ވާރޭވެސް ވެހެމުންނެވެ. ތޫފާން ވިންޓާގެ އަސަރު އެންމެ ބޮޑަށް ކުރަމުން އަންނަ ލަނާއޯ ޑެލް ނޯޓޭއިން 48 މީހުން ވަނީ މަރުވެފައެވެ. އަދި 60އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. މީގެ އިތުރުން އެ ޕްރޮވިންސްގެ ގިނަ ގެތަކަށްވެސް ވަނީ ވަރަށް ބޮޑަށް ލިބިފައެވެ. ތޫފާނުގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އިމަޖެންސީ ވޯކަރުންނާއި، ސިފައިންނާއި، ފުލުހުންގެ އިތުރުން ވޮލަންޓިއަރުންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ތޫފާން ވިންޓާގެ ބާރު ދަށްވާނެ ކަމަށް ބެލެވެނީ އަންނަ ހޯމަ ދުވަހުއެވެ.

ފިލިޕިންސްއަށް އަހަރަކު 20 ތޫފާން އަރައެވެ. މި ތޫފާންތަކުގެ ސަބަބުން އެތައް ބަޔަކު މަރުވެ، އުމްރާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭއިރު، އެންމެ ބޮޑަށް ތޫފާންތަކުގެ އަސަރު ކުރަނީ އެޤައުމުގެ ފަޤީރު އަވަށްތަކަށެވެ. ފާއިތުވި ހަފްތާގައި ފިލިޕިންސްގެ މެދުތެރެއަށް އެރި ތޫފާނަކާއި ގުޅިގެން 46 މީހުން ވަނީ މަރުވެފައެވެ. 2013 ވަނަ އަހަރުގައި ފިލިޕިންސްއަށް ތޫފާން ހައްޔާން އެރުމުގެ ސަބަބުން 8،000 މީހުން ވަނީ މަރުވެފައެވެ. އަދި 2 ލައްކައަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...