މެލޭޝިޔާގެ ބޮޑު ވަޒީރުގެ ދެކަނބަލުން ފުރާވަޑައިގެންފި

މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤާއި، އެމަނިކުފާނުގެ އަނބިކަނބަލުން ދާތިން ޕަދުކާ ސެރީ ރޮސްމާހް މަންސޫރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ފުރާވަޑައިގަންނަވައިފިއެވެ.މެލޭޝިޔާގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަލްވަދާޢު ވިދާޅުވުމަށް، ފޮރިން މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ހޯމް މިނިސްޓަރ އަޒްލީން އަޙްމަދުގެ ދެކަނބަލުން ވަޑައިގަންނަވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ދަޢުވަތަކަށް، މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މެލޭޝިޔާގެ ބޮޑުވަޒީރާ ބައްދަލުކުރައްވާ ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވާފައެވެ.


މި ރަސްމީ ވާހަކަފުޅުތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ އެކި ދާއިރާތަކުން ރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ބެހޭ ގޮތުންނެވެ. އަދި ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ ފެންވަރުގައި ދެޤައުމުގެ ޝައުޤުވެރިކަން ހުރި މައްސަލަތަކާބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައިވެއެވެ. މެލޭޝިޔާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ. މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...