ފިރިހެނުން ރީތިކޮށް ތިބުމަށް ކުރެވިދާނެ ބައެއް ކަންތައްތައް

ފިރިހެނުންނަކީވެސް މިހާރު ރީތިކޮށް ސާފުތާހިރުކޮށް ތިބުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ ބައެކެވެ.
ސަބަބަކީ އަންހެނުންނަށް ކަމުދަނީ ރީތިކޮށް ސާފު ތާހިރުކޮށް ތިބޭ ފިރިހެނުން ކަމަށް ވާތީއެވެ.


އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންވެސް ރީތިވުމަށް އިސްކަމެއް ދޭއިރު، އަންހެން ކުދިން ރީތިކޮށް ތިބުމަށް ކުރެވިދާނެ ކަންތައްތަކަށް ބަލައި ވަރަށް ގިނަ ލިޔުންތައް ފެނެއެވެ.
ނަމަވެސް މިލިއުމުގައި މިބަލާލަނީ ފިރިހެން މޫނު ރީތިކޮށް ބެހެއްޓުމަށް ކުރެވިދާނެ ބައެއް ކަންތަައްތަކަށެވެ.


* މޫނު ސާފުތާހިރުކޮށް ބެހެއްޓުން
އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންވެސް މޫނު ސާފުތާހިރުކޮށް ބަހައްޓަން ޖެހޭނެއެވެ. އެގޮތުން މޫނު ރީތިކޮށް ދޮވެލުމަށްފަހު މޮއިސްޗަރައިޒް
ކުރަންވާނެއެވެ. ރޭގަނޑު ނިދުމުގެ ކުރިން ޚާއްސަ އިސްކަމެއްދީގެން މޫނު ދޮންނަން ވާނެއެވެ. އެއީ މުޅިދުވަހުގެ ވަރުބަލިކަން ފިލުވާލުމަށާއި،
މުޅިދުވަހު ބޭރުގެ ތެރޭގަައި އުޅުމުން މޫނުގައި ޖެހިފައިވާ ދުންމާއި ހިރަފުހުގެ ސަބަބުން މޫނުގެ ހަންގަނޑަށް ވަރަށް ބޮޑަށް ގެންލުންލިބޭނެއެވެ.
ނަމަވެސް ނިދުމުގެ ކުރިން މޫނު ސާފުކޮށް ދޮވެލުމަށްފަހު މޮއިސްޗަރައިޒް ކުރާނަމަ ހަންގަނޑު ސާފުވެ، މޫނަށް އިތުރު ދިރުމެއް ލިބިގެންދާނެއެވެ.
އަދި ރަނގަޅު ފޭސް ވޮޝް އަކުން މޫނު ދޮވުމުގެ ސަބަބުން މޫނުގައި އުފެދޭ ބްލެކް ހެޑްސް، ވައިޓް ހެޑްސް އަދި ލަކުނުތައް ވެސް ފިލާނެއެވެ.

* ބޭރަށް ދާއިރު އަބަދުވެސް "ސަން ސްކްރީން" ބޭނުންކުރުން
ބޭރަށް ދާއިރު ސަން ސްކްރީން ބޭނުން ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. ސަބަބަކީ ާގިނައިރު އަވީގައި އުޅޭނަމަ އިރުގެ ހޫނުގެ
ސަބަބުން މޫނުގެ ހަންގަނޑުގެ ކުލަ ވަރަށް އަވަހަށް ބަދަލުވެ، ހަންފޮޅުން ފަދަ ކަންތައްތައް ދިމާވާނެތީއެވެ. ސަން ސްކްރީން ބޭނުންކުރާއިރު
ހަންގަނޑު ޓޭންވުން ކުޑަކުރުމަށްޓަކައި އަތުގައިޔާއެކު ސަން ސްކްރީން ބޭނުންކުރާށެވެ. ސަން ސްކްރީން ބޭނުންކުރަން އެންމެ ރަނގަޅު ވަގުތަކީ ގެއިން
ނުކުތުމުގެ 15 މިނެޓް ކުރިންނެވެ.


* ކޮންމެ ދުވަހަކު އެކްސްފޯލިއޭޓް ކުރަންވާނެއެވެ.
ކޮންމެ ދުވަހަކު އެކްފޯލިއޭޓް ކުރާ ކަމުގައި ވާނަމަ މޫނުގައި މަރުވެފައި ހުންނަ ހަންތައް ސާފުވާނެއެވެ. އެގޮތުން ރަނގަޅު، އެމީހެއްގެ ހަންގަނޑާއި
ގުޅޭ ފަދަ ރަނގަޅު ފޭސް ސްކްރަބެއް ބޭނުން ކޮށްގެން އެކްފޯލިއޭޓް ކުރާ ކަމުގައިވާނަމަ މޫނުގައި ހުންނަ ބިހިތައް ސާފުވެ، މޫނުގެ ހަންގަނޑު
ކުރަކިވުމުން ދުރުކޮށްދެއެވެ. އެކްސްފޯލިއޭޓް ކުރާކަމުގައިވާނަމަ މޫނުތާޒާވެ، މޫނުމަތިން ވަރުބަލިކަން ފިލައިގެންދާނެއެވެ.

* މޫނުގައި ރޫނުޖެހޭ ގޮތަށް އަމަލުތައް ބަހައްޓާށެވެ.
ފިރިހެނުންވެސް މަދުން ފެންބޯކަމުގައިވާނަމަ މޫނުމަތި ޑްރައި ވުމަށް މަގުފަހިވާނެއެވެ. މީގެ ސަބަބުން ލޯކައިރި ކަޅުވެ، ރޫޖެހޭ ގޮތްވާނެއެވެ. އެހެން
ކަމުން ހަށިގަނޑު ޑީހައިޓްރޭޓް ނުވާނެ ގޮތަކަށް އަމަލުތައް ބަހައްޓަންވާނެއެވެ. އަދި މީގެ އިތުރުން ނިދުމުގެ ކުރިންނާއި ހެދުނު ހޭލާއިރު ލޯކައިރީގައި
ހައިޑްރޭޝަން ކްރީމް ކޮޅެއް ހާކާލާށެެވެ. މީގެ ސަބަބުން ލޯކައިރި ކަޅުވުމުންނާއި ރޫޖެހުމުން ދުރުކޮށްދޭނެއެވެ. އަދި މިފަދަ ކްރީމްތައް ހާކާއިރު އެމީހެއްގެ 
ހަންގަނޑާ ގުޅޭފަދަ ކްރީމެއް ބޭނުންކުރުން މުހިއްމެވެ.

* ތުންފަތަށް ފަރުވާތެރިވާށެވެ.
އުމުރުން ދުވަސް ވާވަރަކަށް އެކަން އެންމެ ބޮޑަށް ފެންނާނީ ތުންތުންނެވެ. އެހެންކަމުން ތުންފަތަށް ވަރަށް ބޮަޑަށް ފަރުވާތެރިވާން ވާނެއެވެ.
އެގޮތުން ތުންފަތުގައި ހަންގަނޑާ ގުޅޭ ރަނގަޅު ލިޕް ބާމެއް ބޭނުން ކުރުމަކީ އެންމެ އެދެވޭ ފަރުވާއެކެވެ. އުމުރުން ދުވަސް ވާވަރަކަށް ތުންފަތުގައި
ޖެހޭ ރޫތައް ފޮރުވުމަށް އަންހެންނުން ލިޕްސްޓިކް ބޭނުންކުރި ކަމުގައިވިޔަސް އެއީ ފިރިހެނުން ކުރާކަމެއް ނޫނެވެ. އޭގެ ބަދަލުގައި ތުންފަތުގެ ހަންގަޑު
މަޑުކޮށް ރީތިކޮށް ބެހެއްޓުމަށް އަބަދުވެސް ލިޕްމާބް ހާކާށެވެ.


* ތުނބުޅި ސާފްކޮށް ރީތިކޮށް ގެންގުޅެން ވާނެއެވެ.
މިހާރަކަށް އައިސް ފިރިހެނުން ރީތިކޮށް ސްޓައިލްކޮށް ތިބުމަށް އެންމެ ބޮޑަށް ބޭނުންކުރަނީ ތުނބުޅިއެވެ. ބައެއް މީހުން އެކި ގޮތްގޮތަށް ތުނބުޅި
ސްޓައިލްކޮށްފައި ހުންނަ މަންޒަރު މިހާރު ފެނެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ތުނބުޅި ސާފުތާހިރުކޮށް ބެހެއްޓުމަށް ފަރުވާތެރި ނުވާކަން
ފާހަގަކުރެވެއެވެ. ތުނބުޅި ސާފުކޮށް ރީތިކޮށް ނުގެންގުޅޭ ކަމުގައިވާނަމަ، ތަފާތު ސިއްޙީ މައްސަލަތައް ދިމާވާނެއެވެ. މީގެ ސަބަބުން މޫނުގެ
ހަންގަނޑު ކުރަކިވެ، ކެހުމުގެ އިތުރުން ބިހިވެސް ނަގާނެއެވެ.
މިފަދަ ގޮތްތަކަށް އަމަލުކުރާ ކަމުގައިވާނަމަ ފިރިހެނުންގެ މޫނުގެ ހަންގަނޑު ރީތިކޮށް އުޖާލާކޮށް ހުންނާނެއެވެ.
މީގެ އިތުރުންވެސް އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ތިމާގެ ހަށިގަނޑުގެ ސާފުތާހިރުކަމަށް އިސްކަންދޭންޖެހޭނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޝާހު 14 ޑިސެމްބަރު 2017 - 03:02

    ހާދަ ރަނގަޅޭ އަހަރެންގެ މަންޖެ އިންޕްރެސް ކުރާނެ ގޮތެއް ދޯ މީވެސް.

ގުޅުން ހުރި
Loading...