"މަންމަރްޒިޔާ"ގައި އަބީޝެކް!

ފިލްމު "މަންމަރްޒިޔާ"ގެ ލީޑް ރޯލް އަބީޝެކް ބައްޗަންއަށް ލިބިއްޖެއެވެ.


ފިލްމު މަންމަރުޒިޔާއަކީ ވަރަށް ގިނަ ފަރާތްތަކުން އެ ފިލްމެއްގެ ވާހަކަދައްކަމުން ދާ ފިލްމެކެވެ. އެގޮތުން ފިލްމު ގެ ބަތަލާއިން ބަދަލުކުުރުމުގެ ވާހަކަ ނޫސްތަކުގެ ފަލަ ސުރުޚީން އެތައް ފަހަރެއްގެ މަތިން ޖާގަހޯދާފައިވެއެވެ.
މިފިލްމުން ފެނިގެންދާނެ ކަމަށް މީގެ ކުރިން އަޑު ފެތުރިފައިވަނީ އަޔުޝްމާން ކުރާނާ އަދި ބޫމީ ޕެޑްމޭކަރްއެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އަޑު އިިވިގެންދިޔައީ އެފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ މަލެއާލަމް ފިލްމު ސްޓާރެއް ކަމަށްވާ ދުލްގަރު ސަލްމާން ކަމަށެވެ. އަދި އެނާ އާއެކު އަންހެން ތަރިއެއްގެ ގޮތުގައި ތާޕްސީ ޕަންނޫ އަދި ސަޕޯޓިން އެކްޓަރެއްގެ ރޯލުން ވިކީ ޚުޝާލް ފެނިގެންދާނެ ވާހަކައެވެ.އެއަށްފަހު މިހާރު އެފިލްމުގެ ލީޑްރޯލު އަބީޝެކް އަށް ދީފައިވާ ކަމުގެ އަޑުތައް ފެތުރެމުންދާއިރު މިވާހަކަ އެއްވެސް ފަރާތަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އަދި މީގެ ކުރިން މިފިލްމުގައި ހަރަކާތްތެރިވާން ނިންމާފައިވާ ތަރިން ފިލްމު ދޫކޮށްލާފައިވާނަމަ، އޭގެ އެއްވެސް ސަބަބެއްވެސް މީޑިއާގައި ހާމަކޮށްފައިނުވާ ކަން ފާހަގަކޮށްލެވެއެވެ.އަބީޝޭކް އަށް މަންމަރުޒިޔާގެ ލީޑްރޯލް ލިބިފައިވާ ކަމުގެ އަޑުތައް ފެތުރިފައިވާއިރު އަބީޝެކް އަކީ އެކަނި ފިލްމުތަކުގައި މަސައްކަތް ކޮށްގެން ކާމިޔާބް ހޯދިފައި ނުވާ ތަރިއެއް ކަން ފާހަގަކޮށްލެއެވެ.
ފިލްމް "މަންމަރުޒިޔާ"ގެ ތަރިން އެއްވެސް ވަރަކަށް ފައިނަލް ވެފައި ނުވާއިރު މިފިލްމުގެ މަސައްކަތް ފެއްޓޭނެ ކަމަށް މީގެ ކުރިން ބުނެފައިވަނީ އަންނަ އަހަރުގެ ކުރީކޮޅުގައި ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ހައުސްއިން ބުނެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...