ވިޔަރިއާލް އަތުން މޮޅުވެ ބާސެލޯނާ އަށް ފަސް ޕޮއިންޓްގެ ލީޑެއް

ސްޕެނިޝް ލަލީގާގައި އިއްޔެރޭ ވިޔަރިއާލް އާ ދެކޮޅަށް ކުޅެ 2-0 ގެ ނަތީޖާއަކުން މޮޅުވެ، ބާސެލޯނާ އިން ލީގު ތާވަލުގެ އެއްވަނައިގަ ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ވިޔަރިއާލް އިން މޮޅަށް ޑިފެންޑްކުރި ނަމަވެސް، ކެތްތެރިކަމާއެކު ކުރަމުން ދިޔަ އެޓޭކްތަކުގައި ބާސެލޯނާ އިން ވަނީ އިދިކޮޅު ޓީމުގެ ގޯލު ފޫއަޅުވާލާފައެވެ. ބާސެލޯނާގެ ލަނޑުތައް އެ ޓީމަށް ޖަހައިދިނީ ލުއިސް ސުއާރޭޒް އާއި ލިއޮނަލް މެސީއެވެ.


އޭގެ ކުރިން ބާސެލޯނާގެ މެދުތެރެ ބަލަހައްޓާ ސާޖިއޯ ބުސްކުއެޓްސް އަށް ކުރި ނުރައްކާތެރި ފައުލަކާ ވިދިގެން ވިޔަރިއާލްގެ ޑެނިއަލް ރާބާ އަށް ރަތް ކާޑެއް ދައްކާފައިވެއެވެ.

މި މޮޅާ އެކު ބާސެލޯނާ އިން ވަނީ ޖުމްލަ 39 ޕޮއިންޓް ހޯދާފައެވެ. ދެވަނައިގަ އޮތް ވެލެންސިއާ އަށް 34 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގަ އޮތީ 33 ޕޮއިންޓް ހޯދި އެތުލެޓިކޯ މެޑްރިޑްއެވެ.


މިދިޔަ ސީޒަނުގެ ޗެމްޕިއަނުން ރެއާލް މެޑްރިޑް އޮތީ 31 ޕޮއިންޓާއެކު ލީގު ތާވަލުގެ ހަތަރުވަނައިގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...