"ހައުސްފުލް4" ގައި އަބީޝެކް ފެނިގެން ނުދާނެ!

ަ"ހައުސްފުލް 4" ގައި އަބީޝެކް ނުފެންނާނެ ކަމުގެ އަޑުތައްފެތުރިއްޖެއެވެ.


އެފިލްމުގެ ޕްރޮޑިއުސަރ ސާޖިދު ނަޑިއާޑްވާލާ ގެ ގާތް މީހަކާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ވާގޮތުން "ހައުސްފުލް" ސީރީސްޒް ގެ ހަތަރުވަނަ ފިލްމުގައި އަބީޝެކް ބައްޗަން ފެނިގެން ނުދާނެއެވެ. ނަމަވެސް މިވާހަކައަށް ސާޖިދު އަދި އަބީޝެކްގެވެސް ރައްދެއް ލިބިފައިނުވާއިރު މިއީ ކިހާވަރެއްގެ ހަގީގަތެއް އަދި ނޭގެއެވެ.

އަބީޝެކްގެ ފިލްމީ ކެރިއަރަށް ބަލާއިރު އެކަނި ލީޑްރޯލް ކުޅެގެން އަބީޝެކްއަށް ކާމިޔާބީ ލިބިފައިނުވާއިރު އޭނާ އަށް ކާމިޔާބީ ހާސިލް ކުރެވިފައިވަނީ ތަރިންނާއެކު ކުޅޭ ފިލްމުތަކުންނެވެ.

އެގޮތުން މީގެ ކުރިން ފެނިގެންދިޔަ "ހައުސްފުލް"ގެ ހުރިހާ ފިލްމަކުންވެސް އޭނާ ފެނިގެންދިޔައިރު އެފިލްމުތަކަކީ ކާމިޔާބް ފިލްމުތަކެކެވެ. މީގެ އިތުރުން "ދޫމް ސީރީޒް" ގެ ފިލްމުތަކަކީވެސް ކާމިޔާބް ފިލްމުތަށްކަމަށްވާއިރު މިފިލްމުތަކުގައިވެސް އޭނާ އާއެކު ގިނަ ތަރިން ހަރަކާތްތެރިވެފައިވެއެވެ.

"ހައުސްފުލް 4" އަބީޝޭކް އަތުން ބީވެގެން ދިއުމަކީ އޭނާގެ ވަޅުޖެހިފައިވާ ފިލްމީ ކެރިއަރަށް ލިބުނު އިތުރު ނިކަމެތިކަމެއް ކަމަށް ބޮލީވުޑްގެ ގިނަ އެނަލިސްޓުން ބުނެއެވެ.
މިފިލްމުން އަބީޝޭކް ބޭރުކޮށްފައިވާ ކަމުގެ އަޑުތައް ފެތުރިފައިވާއިރު މީގެ ކުރިން މިފިލްމުގެ ޕްރޮޑިއުސަރ ސާޖިދު  ބުނެފައިވަނީ "ހައުސްފުލް 3" ކުން ފެނިގެންދިޔަ ހުރިހާ ތަރިންނެއް މިފިލްމުންވެސް ފެނިގެންދާނެކަމަށެވެ.

"ހައުސްފުލް 4" ގައި ފެނިގެންދާނެ ތަރިންނަކީ އަކްޝޭ ކުމާރާއި ރިތޭޝް ދޭޝްމުކް އަދި އަރްޖުން ރާމްޕަލް އާއި ޖޯން އަބްރަހަމްއެވެ. މިފިލްމުގެ މަސައްކަތް ފެށުމަށް ޕްރޮޑަކްޝަން ހައުސްއިން ތައްޔާރުވަމުންދާއިރު މިފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2019 ވަނަ  އަހަރުއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...