ޗެނަލް13 އިން ޚަބަރާއި މައުލޫމާތު ހާމަކުރާ ގޮތައް ފާޑުވިދާޅުވުމުން ލޯޔަރު ވަހީދު ހޫނުފެނަށް

ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހީމް، ސްޕްރީމް ކޯޓު ކުރިމަތީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރ މުހައްމަދު ވަހީދު އިބްރާހީމް ޗެނަލް ތާޓީންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. 

ސަރުކާރާ ދެކޮޅު ކޯލިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލުމުން ކޯލިޝަންގެ އިސް ބޭފުޅެއްގެ ގޮތުގައި އެވަގުތު އިންނެވި ގާނޫނީ ވަކީލު، އަދި ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރ މުހައްމަދު ވަހީދު އިބްރާހީމް ވަނީ ޗެނަލްތާޓީންގެ ނޫސްވެރިޔާއަށް ފުރުސަތު ދިނުމަށް ދެކޮޅު ހައްދަވާފައެވެ. ނަމަވެސް ހިންނަވަރު ދާއިރާގެ މެންބަރ އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ފުރުސަތަކާ ގުޅިގެން ޗެނަލްތާޓީންގެ ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބުދެއްވުމުގެ ބަދަލުގައި މުހައްމަދު ވަހީދު އިބްރާހީމް ވަނީ ޗެނަލް ތާޓީންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޗެނަލްގެ މަސައްކަތާ ގުޅޭގޮތުން ނޫސްވެރިޔާއަށް ސުވާލުތައް ކުރިމަތި ކުރުވާފައެވެ. އަދި މިޗެނަލަކީ މިވަރެއް ނެތިގެން އުޅޭ ބަޔަކު ތިބި ތަނެއްކަމަށް ވިދާޅުވެ، ރައްޔިތުންނަށް އަނިޔާކުރާ އިރު އެކަން ފަސް އަޅާ ފޮރުވަން މަސައްކަތް ކުރާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.


އޭނާ ވިދާޅުވީ މަޝްވަރާގެ ވާހަކަ ވަރަށް ގިނައިން އެންމެ ގިނައިން ދައްކާނީ ޗެނަލް ތާޓީނުން ކަމަށާއި، ވަރަށް ގިނައިން އެވާހަކަ ދައްކާ ކަމަށެވެ.  އަދި ބޮޑެތި އަނިޔާތައް ވަމުންދާއިރު، ލޮލަށް ފެންނަ އެއްޗެއް ނުފެނިފައި، ނުވަތަ އިވޭ އެއްޗިހި ނީވެނީ ކަމަށެވެ.

މީގެއިތުރުން މުހައްމަދު ވަހީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް ސަރުކާރުން ގޮވާލި ވާހަކަ އެންމެ ގިނައިން ދައްކަނީ ޗެނަލްތާޓީނުން ކަމަށެވެ. އަދި މަޝްވަރާ ނުކުރެވިގެން އުޅެނީ ސަރުކާރުގެ ފަރާތުން މަޝްވަރާގެ މޭޒަށް ކަނޑައަޅުއްވާފައި ތިއްބެވި ބޭފުޅުންނަށް މަޝްވަރާ ކުރަން ނޭނގުމުން ކަމަށް ވެސް ވިދާޅުވިއެވެ. ޗެނަލް ތާޓީނުން ސުވާލު ކުރުމުން ސުވާލަށް ޖަވާބު ދެއްވުމުވުމުގެ ބަދަލުގައި ވަހީދު ވިދާޅުވަނީ ުސަކާރުން ފަށާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާ ގުޅޭގޮތުން ފާޑުވިދާޅުވެފައެވެ. އެގޮތުން މަޝްވަރާކުރަން ތިބި ބަޔަކަށް ވެއްޖެއްޔާ އަނިޔާކުރުމާއި ޖެއްސުން ކުރާތަން ނޫން ތަނެއް ޗެނަލް ތާޓީންނާއި ޓީވީއެމްއަަށް ނުފެންނަ ކަމަށް ވެސް ވިދާޅުވިއެވެ.  

ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވަނީ މިނިވަން ކަމާއެކު ފިކުރުކުރުމާއި، އިސްލާމް ދީނުގެ އަސްލަކާ ޚިލާފް ނުވާ ގޮތުގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާ ޚިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތް ގޮތައް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ.  އަދި 28 ވަނަ މާއްދާގައި ބުނެފައިވަނީ ނޫސްވެރިކަން ކުރުމާއި މުވާސަލާތީ ވަސީލަތްތައް ބޭނުން ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް މިގާނޫނުގައި ބުނެފައި ވެއެވެ.  އަދި މީގެ ތެރޭގައި ހަބަރާއި މައުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢު ކުރުމާއި، ފެތުރުމުގެ މިނިވަން ހިމެނޭ ކަަމަށް. މިގޮތުން ޝާޢިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ހަމަ ގާނޫނު އަސާސީގެ 29 ވަނަ މާއްދާގައި ބުނެފައިވަނީ އުނގެނުމާއި، އުނގަންނައި ދިނުމާއި، މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ. އެހެންކަމުން ތިމާ ހިތްހަމަނުޖެހޭ ގޮތައް ޗެނަލަކުން ހަބަރާއި މައުލޫމާތު ހާމަކުރާ ގޮތާއި މެދު ފާޑުކިޔާއި، މައުލޫމާތު ދިނުމަށް އިންކާރު ކުރުމުގެ ފުރުސަތެއް ގާނޫނަކުން އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. އަދި އަމިއްލަ އަތުން ވޯޓް ދެއްވައިގެން ހެދި ގާނޫނުތަކާއި ޚިލާފްވެ، ވާހަކަ ދެއްކެވި އިރު، ގާނޫނީ ވަކީލެއްގެ ހައިސއްޔަތުން ވެސް މިއީ ވަރަށް ލަދުވެތި ވާންޖެހޭ ފަދަ ވާހަކަތަކެކެވެ، 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ކުއްޔަށް ހައްލެއް ބޭނުންތަ؟
Loading...