ރާއްޖޭގެ ސިއްހީ ނިޒާމު، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ އެއް ހަމައެއްގައި

ސަރުކާރުގެ މައި ހޮސްޕިޓަލު
 ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގެ ސިއްހީ ނިޒާމަށް ގެނެސްފައި މިވަނީ ރައްޔިތުން ހީވެސް ނުކުރާފަދަ ހެޔޮ ބަދަލެކެވެ. ސިއްހީ ނިޒާމު ފެއިލްވެ، ރައްޔިތުން ކަންބޮޑުވާ ދަރަޖައަށް  ސިއްހީ ކަންކަން ގޮސްފައިވަނިކޮށް، ރައީސް ޔާމީންގެ ސަރުކާރުން ސިއްހީ ނިޒާމު ވަނީ ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ގައުމުތަކާ އެއް ފެންވަރަށް ގެނގޮސްދެއްވާފއެވެ.  އެގޮތުން ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުން އެގައުމުގެ ސިއްހީ ދާއިރާ އަށް ހޭދަ ކުރާ މިންވަަރާ ދާދި އެއްވަރަކަށް ރާއްޖެއިން ސިއްހީ ދާއިރާއަށް ހޭދަކޮށްފައިވާކަން  ނޭޝަނަލް ހެލްތު އެކައުންޓްސް 2014 ރިޕޯޓުން މިވަނީ ހާމަވެފައެވެ.

 މޯލްޑިވްސް ނޭޝަނަލް ހެލްތް އެކައުންޓްސް ރިޕޯޓަކީ ޞިއްޙީ ދާއިރާއަށް ކުރެވޭ ޚަރަދުތަކާއި ކުރިއަރާފައިވާ މިންވަރާއި އަދި ޙާޞިލު ކުރެވުނު މިންވަރުގެ އިތުރުން ޙާޞިލުކުރަން ޖެހޭ މިންވަރު ފަދަ މުހިންމު މައުލޫމާތުތައް ހިމަނައިގެން ނެރޭ ޞިއްޙީ ދާއިރާގެ އޮޑިޓެކެވެ. މި އޮޑިޓްކުރަނީ ޑަބްލިޔޫއެޗްއޯގެ ބައިވެރިވުމާއިއެކު ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށެވެ.  މި ރިޕޯޓްގައިވާ ގޮތުން 2014 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީގެ ނުވަ ޕަސެންޓު ހަރަދުކޮށްފައިވަނީ ސިއްހީީ ދާއިރާ އަށެވެ.  މިއީ ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުން ވެސް އެ ދާއިރާ އަށް ހޭދަ ކުރާ މިންވަަރާ ދާދި އެއްވަރެއްގެ މިންވަރެކެވެ.


 މި ރިޕޯޓްގެ ނަތީޖާތައް ދައްކާ ގޮތުން 2014 ވަނަ އަހަރު ރާއްޖޭގެ ސިއްހީ ކަންކަމަށް ޖުމްލަ ހަތަރު ހާސް ދުއިސައްތަ އަށްޑިހަ ހަތް މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެހެންކަމުން މިއީ ކުރީގެ އެމްޑީޕީ ސަރުކާރުން 2011 ވަނަ އަހަރާު ކުރި ޚަރަދާއި އަޅާ ކިޔާ އިރު 55 އިންސައްތަ ބޮޑު އަދަދެކެވެ. މި އަދަދުގެ 3 ބައި ކުޅަ 2 ބަޔަކީ ސަރުކާރުން ސިއްޙީ ކަންކަމަށް ކޮށްފައިވާ ޙަރަދުކަން ރިޕޯޓުން ހާމަވެއެވެ.  އަދި ސިއްޙީ ފަރުވާ ހޯދުމަށް 2011 ވަނަ އަހަރާއި ބަލާއިރު 2014 ވަނަ އަހަރު ރައްޔިތުންގެ އަމިއްލަ ޖީބުން ކޮށްފައިވާ ހޭދަ 20 އިންސައްތަ ވަނީ ދަށްވެފައެވެ.  މިއީ ސަރުކާރުން ރައްޔިތުންނަށް ސިއްޙީ ފަރުވާ ހޯދުމަށް ލުއިފަސޭހަ ކޮށްދެއްވުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ލިބިފައިވާ ކުރިއެރުމެއްކަން ފާހަގަކޮށްލެވެއެވެ. ީ 


މޯލްޑިވްސް ނެޝަނަލް ހެލްތް އެކައުންޓްސް އަކީ ރާއްޖޭގެ ސިއްޙީ ކަންކަމަށް ސަރުކާރުންނާއި އަމިއްލަ ފަރާތްތަކާއި، ބައިންލްޢަގްވާމީ މުއްސަސާތައް އަދި ޖަމްއިއްޔާތަކުގެ އިތުރުން އެހީ ފޯރުކޮށްދޭ ފަރާތްތަކުން ދޭ އެހީ އަންދާޒާ ކުރުމަށާއި ވަސީލަތްތައް ބެހިގެންދާގޮތް ދެނެގަތުމަށްޓަކައި ހެދިފައިވާ ރިޕޯޓެކެވެ.


އަދި މީގެ އިތުރުން 2014 ވަނަ އަހަރު ހޭދަ ކޮށްފައިވާ މިންވަރުގެ 68 ނުވަތަ 70 ޕަސެންޓަކީ ސަރުކާރުން ކޮށްފައިވާ ހަރަދު ކަން ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.  މި ރިޕޯޓާ ގުޅިގެން ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ މިރިޕޯޓުން ސިއްހީ ނިޒާމަށް ހަރަދު ކުރެވޭ ގޮތާއި ހަރަދު ކުރާ ފަރާތްތަކާއި އެފަރާތް ތަކުގެ ހަރަދުތަކުގެ މިސްރާބު ވަރަށް ރަނގަޅަށް ސާފުވެގެން ހިނގައްޖެ ކަމަށެވެ.  އަދި މި ހިސާބު ތަކަކީ ދުނިޔޭގެ ފެންވަރުގައި ގަބޫލު ކުރެވިގެންދާ ހިސާބު ތަކެއް ކަމަށް ވެސް ހެލްތް މިނިސްޓަރު ވިދާޅުވިއެވެ.


ދައުލަތުގެ މާލީ ވަޒީރު ވިދާޅުވީ މި ރިޕޯޓުން ސިއްހީ ނިޒާމަށް ކުރާ ހަރަދުތައް ވަރަށް ފުރިހަމަ އަށް އެނގިގެންދާ ކަމަށެވެ.  އެގޮތުން ސިއްހީ ނިޒާމުގެ ހަރަދުތަކަށް ޖީޑީޕީގެ ނުވަ އިންސައްތަ ހިމެނޭ އިރު  މި ސަރުކާރުން ސިއްހީ ނިޒާމަށް އަހަންމިއްޔަތުކަން ދޭ މިންވަރު ހާމަވެގެން ހިނގައްޖެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބަޖެޓްގެ ބޮޑުބައެއް ހޭދަކުރުމަށް ހަމަޖެހިފައިވަނީ ސިއްހީ ނިޒާމަށް ކަމަށާއި އެގޮތުން އައިޖީއެމްއެޗް ގެ 25 ބުރީގެ އިމާރާތަކީ އެކަމުގެ ހެއްކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.


 ނޭޝަނަލް ހެލްތު އެކައުންޓްސް އަކީ ސިއްހީ ދާއިރާގެ ތަފާސްހިސާބު ބެލެހެއްޓުމަށް ހަދާފައިވާ ސޮފްޓްވެއާއެކެވެ. މި ސޮފްޓްވެއާގެ ސަބަބުން ސިއްހީ ދާއިރާ ދަތުރު ކުރާ މިސްރާބާއި އަމާޒު ދެނެގަނެވޭނެއެވެ. އަދި ސިއްހީ ދާއިރާ އިން ހާސިލް ކުުރެވޭ ލަޑުދަނޑިތަކާއި ހޭދަ ކުރާ ފަރާތްތަކުގެ އިތުރުން އެ ފަރާތްތަކުން ހޭދަ ކުރާ މިންވަރު ހާމަ ވެގެންދާނެއެވެ.  އަދި މި ސިސްޓަމަކީ ދުނިޔޭގެ ކުރިއަރާފައި ގައުމުތަކުގައި ވެސް ބޭނުން ކުރާ ސިސްޓަމެއްކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...