އިންޑިޔާގެ ބޮޑުވަޒީރަށް ރައީސް ޔާމީން ހަމްދަރްދީގެ މެސެޖެއް ފޮނުއްވައިިފި

އިންޑިޔާގެ ސަރަހައްދެއްގައި ފެންބޮޑުވެފައި

އިންޑިޔާގެ ނަގާލޭންޑްގައި ފެން ބޮޑުވެ ބިންގަނޑު ފޭބުމުގެ ސަބަބުން، ގިނަ އަދަދެއްގެ ބަޔަކު މަރުވުމާއި ގުޅިގެން،އެކަމުގެ ހިތާމައިގައި، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހަމްދަރުދީގެ މެސެޖު ފޮނުއްވައިފިއެވެ.
އިންޑިޔާގެ ނަގާލޭންޑްގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން، އެ ޞަރަޙައްދުގެ އެތައް ހާސް ބައެއްގެ މުދަލަށާއި ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާއި، ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ. 
ރައީސް ޔާމީން  އިންޑިޔާގެ ބޮޑުވަޒީރަށް ފޮނުއްވި މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާގެ ބޮޑުވަޒީރަށާ، ސަރުކާރަށާއި އިންޑިޔާގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި، މި ޙާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސްގެ މެސެޖްގައި ވަނީ އެދިވަޑައިގެންފައެވެ.
އިންޑިޔާއަށް މިދުވަސްވަރު ކުރަމުން އަންނަ ވިއްސާރައިގައި ނަގާލޭންޑްގެ އިތުރު އައްސާމް، އަރުނާޗަލް ޕްރަދޭޝް އަދި މަނީޕޫރަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެގޮތުން ބޯކޮށް ވާރޭ ވެހުމުގެ ހާދިސާތަކުގައި 83 މީހުން މަރުވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...