ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ 25 ބުރީގެ 4 ޓަވަރުގެ މަސައްކަތް ދަނީ ކުރިއަށް: އެޗްޑީސީ

ޒުވާނުންގެ ގޮތުގައި ހުޅުމާލެ ތަރައްގީ ކުރެވިގެންދާނެ ގޮތުގެ ޑިޒައިން. މި މަޝްރޫއަކީ ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ ބޮޑު މަޝްރޫއެއް.

ހުޅުމާލޭގައި 2 ވަނަ ފިޔަވަހީގެ ދަށުން އިމާރާތްކުރުމަށް ނިންމާފައިވާ ފަންސަވީސް ބުރީގެ 4 ޓަވަރާއި ގުޅޭ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި އަންނަ އަހަރުގެ ތެރޭގައި މި ހަތަރު ޓަވަރުވެސް ނިންމާލެވޭނެކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ.
ހުޅުމާލޭގައި 2 ވަނަ ފިޔަވަހީގެ ދަށުން، އަޅާ ފަންސަވީސް ބުރީގެ 4 ޓަވަރުގެ ތެރެއިން އެއް ޓަވަރަކީ ފިނޭންސް މިނިސްޓްރީގެ އޮފީސް އީމާރާތެވެ.  އަދި އަނެއް 3 ޓަވަރަކީ ހަތްހާސް ހައުސިން ޔުނިޓް ހިމެނޭ ޓަވަރުތަކެވެ. 4 ޓަވަރުގެ ތެރެއިން އެންމެ ބާރު މިނުގައި ކުރިއަށް ދަނީ އޮފީސް އިމާރާތުގެ މަސައްކަތްކަމަށާއި، ފިނޭންސް މިނިސްޓްރީގެ އޮފީސް އިމާރާތް އެޅުމުގެ މަސައްކަތުގެ ތެރެއިން މިހާރު ދުއިސައްތައަށް ވުރެ ގިނަ ޕައިލް ވަނީ ޖަހާފައވާކަމަށް އެޗްޑީސީން ބުނެއެވެ. 


" މިއީ ރާއްޖޭގައި ހިންގޭ ހައުސިންގެ އެންމެ ބޮޑު މަޝްރޫއު. މީގެ ކުރިން މިހާ ގިނަ އަދަދެއްގެ ހައުސިން ޔުނިޓް އެއްފަހަރާ އެޅުމުގެ މަސައްކަތް އެއްވެސް ސަރުކާރަކުން ކޮށްފައެއް ނުވޭ" އެޗްޑީސީގެ 
މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވިއެވެ. 

ފިނޭންސްގެ އޮފީސް އިމާރާތުގެ މަސައްކަތް ކުރަމުން ދަނީ އެކެއް ޕޮއިންޓް އަށެއް ބިލިއަން ރުފިޔާއަށް މެލޭޝިއާގެ ޑަބްލިއު.ޒެޑް.އާރު ކުންފުންޏާއި ހަވާލުކޮށްގެންނެވެ. މީގެ އިތުރުން ދެވަނަ ފިޔަވަހީގެ ދަށުން އިމާރާތް ކުރާ އަނެއް ތިން ޓަވަރުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށަން ވަނީ ނިންމާފައެވެ. އެގޮތުން، 3 ޓަވަރުގެ ފައުންޑޭޝަނަށް ބޭނުންވާ އަށްސަތޭކަ ސާޅީސް ހަތަރު ޕައިލްސްގެ ތެރެއިން ދުއިސައްތަ ތިރީސް ޕައިލްސްމިހާރު ވަނީ ޖަހާފައެވެ.


ޕައިލްސް ޖެހުމުގެ މަސައްކަތް ހަލުވި ކުރުމަށްޓަކައި މިހާރު އެމަސައްކަތަށް އިތުރު 7 މެޝިން މިހާރު ވަނީ ގެނެސްފައެވެ. އެޗްޑީސީން ބުނީ ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ސޯޝަލް ހައުސިންގެ 3 ޓަވަރުގެ ފައުންޑޭޝަންގެ މަސައްކަތް ފެށޭވަރުވާނެ ކަމަށެވެ. 
ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން އިމާރާތްކުރާ 4 ޓަވަރުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސައިމަން ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު، ކޮލިޓީ ހިފެހެއްޓުމަށްޓަކައި ޕްރޮޖެކްޓް މެނޭޖްމެންޓް ޓީމުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހުރިހާ ކަމެއް ކުރަމުން ގެންދާގޮތް އެޗްޑީސީން ވަރަށް ރަނގަޅަށް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...