މުޅި ބޯޑަރު ސަރަހައްދުގައި ފާރުއަޅާކަށް ނުޖެހޭނެ: ޓްރަމްޕް

އެމެރިކާއާއި މެކްސިކޯ ގުޅޭ ބޯޑަރު ފޮޓޯ/ ވީ.އޯ.އޭ ނިއުސް

މެކްސިކޯއާއި އެމެރިކާ ގުޅޭ ސަރަހައްދީ ރޮނގުގައި އަޅަން ނިންމާފައިވާ ފާރަކީ، މުޅި ބޯޑަރުގެ ދިގުމިނަށް އަޅަން ޖެހޭނެ ފާރެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ގަވައިދާ ހިލާފަށް އެމެރިކާއަށް އެތެރެވާ މީހުން ހުއްޓުވުމުގެ ގޮތުން އެމެރިކާއާއި މެކްސިކޯއާއި ދެމެދު ފާރެއް ރޭނުމަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. ދާދިފަހުން މީޑިޔާއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، މެކްސިކޯއާއި އެމެރިކާ ގުޅޭ ބޯޑަރު ސަރަހައްދުގައި ފަރުބަދަތަކާއި ކޯރުތައް ހުންނަ ސަރަހައްދުތަކެއް ހިމެނޭނެ ކަމަށާއި، މިސަރަހައްދުތަކަކީ، މީހުން ބޯޑަރު ހުރަސް ކުރުމަށްޓަކައި އަންނާނެ ސަރަހައްދުތަކެއް ނޫން ކަމަށެވެ.


އެހެންކަމުން މިފަދަ ސަަހައްދުތަކާއި ހިސާބަށް ފާރު ރާނަން ނުޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޑޮނާލްޑް ޓްރަމްޕް އެމެރިކާގެ ވެރިކަމުގެ ހުވާ ކުރެއްވިތާ 6 ވަނަޔަށްވީ ދުވަހު ވަނީ ބޯޑަރު ފާރު ގާއިމް ކުރުމަށް ރިޔާސީ އަމުރެއް ނެރުއްވާފައެވެ. މިފާރަށް މެކްސިކޯގެ ރައްޔިތުން ހަރަދު ކުރަން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް މެކްސިކޯގެ ސަރުކާރުން ވަނީ އެކަން އެގޮތަށް ނުކުރާނެކަން ހާމަކޮށްފައެވެ. އެމެރިކާއާއި މެކްސިކޯއާއި ދެމެދު އޮންނަ ބޯޑަރުގައި އެއްހާސް ނުވަސަތޭކަ ފަންސާސް ހަތަރު މޭލު ހުރެެއެވެ.


މި ބޯޑަރުގެ އެއްކޮޅުގައި އޮންނަނީ ފަރުބަދަތަކާއި ކޯރުތަކެވެ. ބޯޑަރު ބެލެހެއްޓުމުގައި ވިހި ހާހެއްހާ ބޯޑަރު އެޖެންޓުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ބޯޑަރު ސަރަހައްދުގައި ފާރެއް ރޭނުމަށް ޓްރަމްޕްގެ ސަރުކާރުން ނިންމަވާފައިވާއިރު މިހާރުވެސް އެ ސަރަހައްދުގައި ފާރުތައް ހުންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މި ބޯޑަރުގެ އެއްހާސް އެއްސަތޭކަ ކިލޯމީޓަރުގެ ސަރަހައްދެއްގައި ވަނީ ފެންސް ޖަހާފައެވެ.


އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ، ޔޫއެސް-މެކްސިކޯ ފާރުގެ ދިގުމިނުގައި އެއްހާސް ހަސަތޭކަ ކިލޯމީޓަރު ހުންނާނެ ކަމަށެވެ. މީގެ ކުރިން ޓްރަމްޕް ވަނީ ފާރުގެ ދިގު މިނުގައި ދެހާސް ކޮލޯމީޓަރު ހުންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިފާރު ރޭނުމަށް 10 ބިލިއަނާއި 12 ބިލިއަން ޑޮލަރާއި ދެމެދުގެ އަަދަދަކަށް ޙަރަދުވާނެ ކަމަށްވެސް ޓްރަމްޕް ވަނީ ލަފާ ކުރައްވާފައެވެ. މިފާރު ރޭނުމަކީ ބޭކާރު ހަރަދެއް ކަމަށް އެމެރިކާގެ ގިނަ ރައްޔިތުން ދެކެއެވެ. އަދި މިނިންމުމުގެ ސަބަބުން ބޯޑަރު ހުރަސްކުރާ މީހުންނަށް ވަރަށް ބޮޑަށް ދަތިވާނެކަމަށްވެސް ގިނަ މީހުން އަންނަނީ ބުނަމުންނެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...