އަހަރެންގެ ކޮންމެ ފޭންއަކީ ޚާއްސަ މީހެއް- ރިތިކް

ރިތިކް ރޯޝަން.


ރިތިކް ރޯޝަންއަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން، އަންހެން ކުދިންގެ މެދުގައި އެންމެ މަޤްބޫލް އެކްޓަރޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

"ކަހޯނާ ޕިޔާރް ހޭ"އިން ބޮލީވުޑަށް ތައާރަފްވީ ފަހުން މިއަދާ ހަމައަށްވެސް ރިތިކްގެ މަޤްބޫލްކަން ދުވަހަކަށް ވުރެ ދުވަހެއް އަންނަނީ އިތުރުވަމުންނެވެ. ދާދިފަހުން ޓްވިޓަރގައި ރިތިކްއަށް ފޮލޯ ކުރާ މީހުންގެ އަދަދުވަނީ 20 މިލިއަނަށް އަރާފައެވެ.

އެކަން ފާހަގަކުރުމަށް ޓްވިޓަރގައި ރިތިކް ހިއްސާކުރި ވީޑިޔޯއެއްގައި އޭނާ ވަނީ ހުރިހާ ފޭނުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި އޭނާގެ ކޮންމެ ފޭންއަކީވެސް ވަރަށް ޚާއްސަ މީހެއް ކަމަށް ރިތިކް ވަނީ ބުނެފައެވެ. ހޮނިހިރު ދުވަހު ރިތިކް އާއްމު ކުރި ވީޑިޔޯގައި އިތުރަށް ބުނެފައިވަނީ، އޭނާގެ ފޭނުންގެ ސަބަބުން އޭނާގެ ފިލްމީ ދަތުރަކީ، ވަރަށް އުފާވެރި ދަތުރަކަށް ވެފައިވާ ކަމަށެވެ. އަދި ހުރިހާ ފޭނުންދެކެ ވަރަށް ލޯބިވާ ކަމަށްވެސް ރިތިކް ބުންޏެވެ.

ރިތިކްގެ ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު، އޭނާ މިހާރު އަންނަނީ ޕަޓްނާގެ މެތެމެޓީޝަނެއް ކަމަށްވާ އާނަންދު ކުމާރްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމުގެ މަސައްކަތަށް ތައްޔާރުވަމުންނެވެ. ރިތިކް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ސަންޖޭ ގުޕްތާ ޑައިރެކްޓް ކުރި ފިލްމު "ޤާބިލް"އިންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...