ސަންޖޭލީލާގެ އިތުރު ފިލްމަކުން ދިޕިކާ ފެންނަނީ؟

ސަންޖޭލީލާގެ ފިލްމު "ބާޖީރާއޯ މަސްތާނީ"ގެ މަންޒަރެއްގައި ދިޕިކާ.

ދިޕިކާ ޕަދުކޯން އަކީ ބޮލީވުޑްގެ ކާމިޔާބު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ސަންޖޭލީލާ ބަންސާލީއަށް އެންމެ ކަމުދާ އެއް އެކްޓްރެސްއެވެ.

ދިޕިކާ އެންމެ އަވަހަށް ފެނިގެންދާނީވެސް ސަންޖޭލީލާގެ ފިލްމަކުންނެވެ. އެއީ ޕަދުމާވަތީއެވެ. ޕަދުމާވަތީއަށް ދިޕިކާގެ ފޭނުން އިންތިޒާރު ކުރަމުން އަންނައިރު، އަނެއްކާވެސް ދިޕިކާ ސަންޖޭލީލާގެ ފިލްމަކަށް ސޮއި ކުރި ވާހަކަ މިވަނީ ދެކެވެން ފަށާފައެވެ. ބޮލީވުޑްގެ ޙަބަރުތައް ބުނާގޮތުގައި، ދިޕިކާ ސޮއިކޮށްފައިވާ ފިލްމަކީ ބޮލީވުޑްގެ މަޝްހޫރު ޅެންވެރިޔާ ސާހިރްގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރާ ބަޔޮޕިކްއަކުންނެވެ. މިފިލްމުގައި ސާހިރްގެ ރޯލުން ފެނިގެންދާނީ އަބީޝެކް ބަޗަން ކަމަށް ޚަބަރުތައް ބުނެއެވެ.

އަދި ފިލްމުގައި ދިޕިކާ ފެނިގެންދާނީ، ސާހިރްގެ ލޯބިވެރިޔާ އަމްރީތާ ޕްރިތަމްގެ ރޯލުންނެވެ. މިއީ، " ކޭލޭ ހަމް ޖީ ޖާންސޭ"އަށް ފަހު އަބީޝެކް އަދި ދިޕިކާ އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމަށް ވެގެންދާނެއެވެ. މިފިލްމުގެ ބަތަލާގެ ރޯލް ސަންޖޭ އެންމެ ފުރަތަމަ ހުށަހެޅީ ޕްރިޔަންކާ ޗޯޕްރާއަށެވެ. އެހެންނަމަވެސް ޕްރިޔަންކާ ފިލްމަށް އާނބަސް ނުބުނުމުން އެ ފުރުސަތު މި ލިބުނީ ދިޕިކާއަށެވެ. ހޮލީވުޑްގެ މަސައްކަތްތަކުގައި ބުރަކޮށް އުޅޭ ޕްރިޔަންކާ ސަންޖޭގެ ފިލްމަށް ނޫނެކޭ ބުނި ސަބަބެއް ބޮލީވުޑްގެ މީޑިޔާތަކުގައި ހާމަކޮށްފައެއް ނުވެއެވެ.

ސާހިރްގެ ހަޔާތުގެ މައްޗަށް ސަންޖޭ އުފައްދާ ފިލްމުގެ ނަން އަދި ހާމައެއް ނުކުރެއެވެ. ސާހިރަކީ، " މޭ ޕަލް ދޯ ޕަލްކާ ޝާޔަރް ހޫން" ފަދަ ލަވަތަކުގެ ޅެން ހަދައިދީފައިވާ، ހުނަރުވެރި ޅެންވެރިއެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...