ދިންޗަކް ޕޫޖާ ބިގް ބޮސް އިން އެލިމިނޭޓްވެއްޖެ

ދިންޗަކް ޕޫޖާ

ސޯޝަލް މީޑިއާގައި ބަގްބޫލްކަން ހޯދަމުން އަންނަ  ދިންޗަކްޕޫޖާ ނުވަތަ ޕޫޖާ ޖެއިން ބިގްބޮސް ޝޯއިން އެލިިމިނޭޓް ވެއްޖެއެވެ.


އަމިއްލަ ގޮތްތަކަށް ލަވަކިޔައިގެން މަޝްހޫރު ކަން ހޯދި ޑިންޗަކް ޕޫޖާ ބިގް ބޮސް ޝޯގައި ބައިވެރިވެފައިވަނީ ވައިލްޑް ކާޑް ކޮންޓެސްޓެއްގެ ގޮތުގައެވެ. ބިގް ބޮސްގެ ގޭގައި ދެހަފްތާ ހޭދަކުރުމަށްފަހު އޭނާ އެލިމިނޭޓް ވެފައި މިވަނީ އެކަޝީގެންވާ ވޯޓް ނުލިބުމުންނެވެ. ދިންޗަކް ޕޫޖާއާއެކު ގިނަ ބައިވެރިންތަކެއް މި ހަފްތާގައި އެގެއިން ނެރުމަށް ނޮޮމިނޭޓް ވެފައިވާއިރު އެންމެ މަދުން ވޯޓް ލިބިފައިވަނީ އޭނާއަށެވެ.

ބިގް ބޮސްގެ ގޭގައި އުޅުނު ދެ ހަފްތާގެ ތެރޭގައިވެސް އެއްވެސް ވަރަށް ޓާސްކު ތަކުގައި ވެސް ބައިވެރިވެފައިނުވާކަން އެ ޝޯގެ ހޯސްޓް ސަލްމާން ޚާން ވެސް ފާހަގަކޮށްފައިވާއިރު އޭނާ ޓާސްކު ތަކުގެ އިތުރުން ގޭތެރޭގެ މަސައްތަކުގައިވެސް އޭނާގެ ބައިވެރިވުން ނުފެންނަކަމަށް ސަލްމާން ވެސް ވަނީ ފާހަގަކޮށްފައެވެ.

ދިންޗަކް އާއެކު ދެން އެންމެ މަދުން ވޯޓް ލިބިފައިވަނީ ސަބްޔަސާޗީ އަށް ކަމަށް އިންޑިއާގެ ނޫސްތަކުގައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...