ކެދާނާތު ރިލީޒް ކުރާ ދުވަސް ފައިނަލް ކޮށްފި

ކެދާނާތުގެ ދެތަރިން ކަމަށްވާ ސާރާ އަދި ސްޝާންތް

ސާރާ އަލީ ޚާން އަދި ސްޝާންތް އެކުގައި ފެނިގެންދާ ފިލްމު ކެދާނާތު އަންނަ އަހަރުގެ ޑިސެމްބަރުގައި ރިލީޒް ކުރުމަށް ނިންމައިފިއެވެ.


ސައިފް އަލީ ޚާން އަދި އަމްރީތާ ގެ އަންހެން ދަރިފުޅު ބޮލީވުޑަށް ތައާރަފްވާ ފިލްމަކީ ގިނަ ބަޔަކު އެފިލްމަކަށް އިންތިޒާރު ކުރަމުންދާ ފިލްމެކެވެ. ސާރާ އަލީ ޚާން އާއިއެކު ސްޝާންތް ސިންގް ފެނިގެންދާ މިފިލްމުގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން މިދެތަރިން ވަނީ ކަނޑައެޅިފައިވާ ޝޫޓިންއަށް ނިންމާފައެވެ.

ފިލްމު ގެ ރިލީޒް ޑޭޓާއި މެދު ތަފާތު ވާހަކަތައް ދެކެވެމުންދާއިރު މި ފިލްމު ރިލީޒް ޑޭޓް ލަސްކުރެވިފައިވާކަމަށްވެސް ބައެއްނޫސްތަކުގައިވެއެވެ. އެގޮތުުން މިފިލްމު 2019 ވަނަ އަހަރުގެ ޖެނުއަރީ އަށް ލަސްވެފައިވާކަމަށް ނޫސްތަކުގައިވާއިރު މިއީ ދޮގުވާހަކަތަކެއްކަމަށް ފިލްމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކުން މިހާރުވަނީ ބުނެފައެވެ.

އަބީޝޭކް ކަޕޫރު ޑައިރެކްޓްކޮށްފައިވާ މިފިލްމުގެ ރިލީޒް ޑޭޓް މިހާރު ވަނީ އިއުލާންކޮށްފައެވެ. އެގޮތުން މިފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ އެކާވީސް ވަނަ ދުވަހުގައި ކަމަށް މިފިލްމުގެ ޕްރޮޑަކްޝަން ހައުސްގައި މަސައްކަރް ކުރާ ފަރާތްތަކާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުގައިވެއެވެ.  ކެދާނާތުގައި ސާރާ މުއްސަދި ޓުއަރިސްޓެއްގެ ރޯލުން ފެނިގެންދާއިރު ސްޝާންތް ފެނިގެންދާނީ ދަތުރުވެރިންގެ ފޮށިތަންމަތި އުފުލާ މީހެއްގެ ރޯލުންނެވެ. މި ދެމީހުންގެ މެދުގައި އުފެދޭ ލޯބި ދައްކުވައިދޭ މިފިލްމުގައި މުހިއްމު ބައިތަކެއްގައި ފެންބޮޑުވާ ހާދިސާއެއްގައި ދިމާވާ ހިތާމަވެރި ހާދިސާތަކެއްވެސް ހިމެނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...