ކާނާ: މީރު ބިރިޔާނިއެއް ތައްޔާރު ކޮށްލަން ބޭނުންތަ؟

ލުއި ބިރިއާނި: ފޮޓޯ އޮންލައިން

ބިރިޔާނި އަކީ ދިވެހި ކެއުމުގައި ނުހިމެނޭ ބާވަތެއް ނަމަވެސް، ބިރިޔާާނި ވެފައި ވަނީ ދިވެހިންނަށް ވަރަށް ކަމުދާ ކެއުމަކަށެވެ. ބިރިޔާނީގެ ތަފާތު އެކި ވައްތަރުތައް ތައްޔާރުކޮށްލެވޭއިރު، ޢާންމުކޮށް ގޭގޭގައި ބިރިޔާނި ތައްޔާރުކޮށް އުޅެނީ ހުކުރު ދުވަހުގަ އާއި ތަފާތުއެކި މުނާސަބަތު ތަކުގައިކަން ފާހަގަކޮށްލެވެއެވެ.

 ކޮންމެ މީހެއްވެސް ކެއުމެއް ތައްޔާރު ކުރާއިރު އެންމެ މީރުކޮށްތައްޔާރު ކުރެވޭތޯ މަސައްކަތްކުރާނެއެވެ. ދިވެހިންގެ ތެރޭގައި ބިރިޔާނި ޢާންމުވެފައިވާއިރު، މި ކެއުން ރަނގަޅަށް ތައްޔާރުކުރަން އެނގޭ މީހުން މަދުވާނެއެވެ. ހާއްސަ ދުވަހަކަށް މީރު ބިރިޔާނިއެއް ތައްޔާރުކޮށްލަން ބޭނުންނަމަ، މި ރެސިޕީ ހިޔާރު ކުރައްވާށެވެ.


ލުއި ބިިރިޔާނި


ބޭނުންވާ ތަކެތި:
500 ގ ބާސްމަތީ ހަނޑޫ
1 ކުކުޅު (ކޮށާފަ)
5 ކަރަންފޫ (ބޯނަގާފަ)
4 ޓޮމާޓޯ (ހަަތަރެސްކަނަށް ކޮށާފަ)
2 ކެރެޓް (ކައްޗަށް ފޮތިކޮށްފަ)
4 ކާފޫރު ތޮޅި (ދެކޮޅު ބުރިކޮށްފަ)
2 މޭޒުމަތީ ސަމުސާ އިނގުރު ލޮނިމެދު އެއްކޮށް (ޗިސްކޮށްފަ)
2 ޕެކެޓް ހިކި މޭބިސްކަދުރު
400 ގުރާމް ފިޔާ (ކޮށާފައި)
2 އިންޗި ފޮނިތޮށިކޮޅެއް (3 ބުރި ކޮށްފައި)
25 ގ ކޮތަބިރި
1 ޖޯޑު ކެޖޫނަޓް
1 މޭޒުމަތީ ސަމުސާ މުގުރި ދިރި
1 ގިތެޔޮ މިރުސް (ކޮށާފަ)
2 ރޯމިރުސް (ފަޅިފަޅިކޮށްފަ)
1 ސައިސަމުސާ މުގުރި އަސޭމިރުސް
1 ސައިސަމުސާ ރީނދޫއޮރެންޖް ކުލަކޮޅެއް
100 ގ ބަޓަރލޮނުކޮޅެއް
4 ކެޕްސިކަމް (ކަރުގަނޑު ނަގާ ވަށްފޮއްޗަކަށް ކޮށާފަ)
2 މޭޒުމަތީ ސަމުސާ


ތައްޔާރު ކުރާނުގޮތް:
ހަނޑޫކޮޅު ދޮވެފައި 2 ކާފޫރުތޮޅި 2 ކަރަންފޫ 1 އިންޗީގެ ފޮނިތޮށިކޮޅާއި ލޮނުކޮޅެއް ލައިގެން ބަތްކައްކަން އުދާށެވެ. ތަވައެއް އުނދުން މައްޗަށް އުދާލަފައި ބަޓަރުކޮޅު އަޅާލާށެވެ. ބަޓަރު ކޮޅު ދިޔާވުމުން ފިޔާ، މިރުސް، ހިކިމޭބިސްކަދުރު، ކެޕްސިކަމް، ކެޖޫނަޓް، ފޮނިތޮށި، ކާފޫރުތޮޅި، ކެރެޓް، ކަރަންފޫ އެއްކޮށް އަޅާފައި ފިޔާކޮޅު މޯޅިވީމައި ކުކުޅުމަސް، އިނގުރު، ލޮނުމެދު، ދިރިއަސޭމިރުސް، ލޮނު، ރީނދޫ އެއްކޮށްފައި މަސްތައް މަޑުވަންދެން މަތިޖަހައިގެން ކައްކާށެވެ. މަޑުނުވަނީސް ހިކޭނަމަ ފެންފޮދެއް އަޅާށެވެ.


ބަތްކޮޅު ދެބައިކުޅާއެއްބަޔަށް ރޯފިލުމުން މަސް، ބަތްތަވާގެ ތެރެއަށް އަޅާ ގިނި މަޑުކޮށްލާފައި މަތިޖަހާށެވެ. ދެން ފެން ހިނދެން ފެށުމުން ފިނިފެން ފޮދެއްގައި ކުޑަ ލޮނުކޮޅެއް ގިރުވަލާ ބަތްތަވާގެ މައްޗަށް ބުރުވާލާފައި ކޮތަނބިރިފަތްވެސް ބުރުވާލާފައި އެއްކޮށް ހިނދެންދެން ބަހައްޓާށެވެ. އެއަށްފަހު ހެޔޮވަރުވަރަށް ކެކުނީމާ ސުފުރާ މަތީގައި ސާވް ކޮށްލާށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...