މިއަހަރުގެ އެންމެ ކާމިޔާބު ފިލްމަކަށް ގޯލްމާލް އެގެއިން

ގޯލްމާލް އެގެއިންގެ ކާސްޓް

މިއަހަރު ރިލީޒްކުރި އެންމެ ކަމިޔާބް ފިލްމަކީ ގޯލްމާލް އެގެއިން ކަމަށް ބޮލީވުޑް ބޮކްސް އޮފީހުގެ ޚަބަރުތައް ދިރާސާ ކުރާފަރާތްތަކުން ބުނެފިއެވެ.


ރޯހިތު ޝެއްޓީގެ ގޯލްމާލް ސީރީޒްގެ ހުރިހާ ފިލްމުތަކަކީވެސް ކާމިޔާބް ފިލްމުތަކެކެވެ. އެގޮތުން ގޯލްމާލް ސީރީޒްގެ އެންމެ ފަހުގެ ފިލްމް ގޯލްމާލް އެގެއިން ވެގެން ގޮސްފައިމިވަނީ
މިއަހަރުގެ ތެރޭގައި ރިލީޒް ކުރި އެންމެ ކާމިޔާބް ފިލްމަށެވެ.


މިއަހަރުގެ ތެރޭގައި ބޮލީވުޑު މަޝްހޫރު ފިލްމީތަރިންގެ އަގުބޮޑު ފިލްމުތަކެއް ރިލީޒް ކުރެވިގެން ދިއައިރު އޭގެތެރެއިން އެއްވެސް ފިލްމަކަށް އުއްމީދު ކުރިވަރާ ގާތަށްވެސް އާމްދަނީ ލިބިފައެއް ނުވެއެވެ.
އެގޮތުން ސަލްމާން ޚާންގެ ޓިއުބްލައިޓް އަދި އާމިރު ޚާންގެ ސީކްރެޓް ސްޕާރ ސްޓަރ އަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރިއެެވެ. އެހެން ނަމަވެސް 
އެ ދެ ފިލްމަށްވެސް އެވަރުގެ ތަރުހީބެއް ލިބިފައިނުވާއިރު ފާޑްކިއުންތައް އަމާޒްވި ގިނަ ފިލްމުތަކެއް ވަނީ ކާމިޔާބު ވެފައެވެ. އޭގެ ތެރޭގައި އަކްޝޭގެ ޓޮއިލެޓް އެކް ޕްރޭމްކާތާއި ހިމެނެއެވެ.

މިފިލްމުތައް މިހެން ހުރި ނަމަވެސް ގޯލްމާލް އެގެއިންގެ އިންތިޒާރުގައި ތިބި ފަރާތްތަކުން މިވަނީ އެފިލްމު އެޅުވި ގިނަ ސިނަމާތައް ހައުސްފުލް ކޮށް ދިހަ ދުވަހުގެ ތެރޭގައި މިއަހަރު އެންމެ
ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށްވެފައެވެ. އެގޮތުން ދިހަ ދުވަހުގެ ތެރޭގައި އެފިލްމަށް ވަނީ 167.52 ކްރޯޑް ރުޕީސް ލިބިފައެވެ. އެއީ މިއަހަރުގެ މިހާހިސާބަށް އައިރު ބޮލީވުޑުގެ އެއްވެސް
ފިލްމަކަށް ލިބިފައިވާ އާމްދަނީއެއްނޫނެވެ.


އެއާއެކު އެފިލްމު ވެގެން ގޮސްފައިވަނީ އަޖޭދޭވްގަންގެ ކެރިއަރުގައި އޭނާ އަށް އެންމެ ބޮޑު ފައިދާއެއްވި އެއް ފިލްމަށެވެ. އޭނާގެ ފިލްމަކަށް މިހާ ބޮޑު އާމްދަނީއެއް މިހާތަނަށް ލިބިފައިނުވާ
ކަން ފާހަގަކޮށްލެވެއެވެ.


މިފިލްމުގެ ކާމިޔާބީއާއެކު ގޯލްމާލްގެ ކާސްޓުން ވަނީ ގޯލްމާލް ސީރީސްގެ ފަސްވަނަ ފިލްމެއް އުފައްދާނެކަމުގެ އިޝާރާތެއްވެސް ދީފައެވެ. އެ ޚަބަރާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކުވަނީ ރޯހިތު އަދި
އޭނާގެ ކާސްޓަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އަދި އެ ފިލްމުގެ މޮޅު ކަމުން ބޮލީވުޑުގެ ބޮކްސް އޮފީސް ދިރާސާ ކުރާ ފަރަތްތަކުން ވަނީ އެ ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...