އާމިރް ޚާން: ބޮލީވުޑްގެ އެންމެ ކުޅަދާނަ އެކްޓަރު

ބޮލީވުޑްގެ އެކްޓަރ އާމިރް ޚާން.

އާމިރް ހާން އުފަންވެފައިވަނީ 1965 ވަނަ އަހަރުގެ މާޗް މަހުގެ 14 ވަނަ ދުވަހު، މުމްބާއީގެ މުސްލިމް އާއިލާއަކަށެވެ.

އާމިރްޚާންގެ ފުރިހަމަ ނަމަކީ މުޚައްމަދު އާމިރް ހުސެއިން ޚާންއެވެ. ފަހަކަށް އައިސް ބޮލީވުޑްގެ އެންމެ ކާމިޔާބް ފިލްމުތަކުގެ ލީޑް ރޯލުން ފެނިގެންދާ އާމިރް ޚާންއަކީ، ފިލްމު އުފައްދާ، ޑައިރެކްޓްވެސް ކުރާ ފަރާތެކެވެ. އާމިރްޚާންއަށް ޕަރފެކްޝަނިސްޓް، އަދި މިސްޓަރ ޕަރފެކްޓްވެސް ކިޔައެވެ. ފިލްމަކުން ބެލުންތެރިންނަށް އާމިރްޚާން އެންމެ ފުރަތަމަ ފެނިގެންދިޔައީ އޭނާ ކުޑައިރުއެވެ. އެއީ އާމިރްގެ ބޮޑުބޭބެ ނާސިރް ހުސެއިން ޚާންގެ ފިލްމު "ޔާދޯންކީ ބާރާތު"އެވެ. އާމިރްޚާންގެ އެންމެ ފުރަތަމަ ބޮލީވުޑް ފިލްމަކީ، ޖޫހީ ޗާވްލާއާއި އެކީގައި ކުޅުނު ފިލްމު "ގަޔާމަތުސޭ ގަޔާމަތު ތަކް"އެވެ. 1988 ވަނަ އަހަރުގައި ނިކުތް މި ފިލްމުންވެސް އާމިރަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ. 1999 ވަނަ އަހަރާއި ހަމައަށް އައި އިރު އާމިރް ޚާން ވަނީ ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންގެ ލިސްޓުން ޖާގަ ހޯދާފައެވެ. އެދުވަސްވަރު ރިލީޒް ކުރި އާމިރްޚާންގެ ފިލްމުތަކުގެ ތެރޭގައި، ދިލް، ރާޖާ ހިންދުސްތާނީ، އަދި ސަރްފަރޯޝް ހިމެނެއެވެ. ފިލްމު ރާޖާ ހިންދުސްތާނީ އިން އާމިރަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވަނީ ލިބިގެންގޮސްފައެވެ.

https://www.youtube.com/watch?v=ydRcuQuoJ3U

2001 ވަނަ އަހަރުގައި އާމިރްޚާން ވަނީ ޕްރޮޑަކްޝަން ކުންފުންޏެއް އުފައްދާފައެވެ. އެގޮތުން އާމިރްގެ އެންމެ ފުރަތަމަ ޕްރޮޑަކްޝަންއަކީ ފިލްމު "ލަގާން"އެވެ. މިއީވެސް ކާމިޔާބު ފިލްމެކެވެ. ލަގާންއަށް ގިނަ އެވޯޑްތަކެއްވެސް ލިބުނެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ އެފިލްމަށް ލިބުނު ދެ ފިލްމުފެއާ އެވޯޑެވެ. 4 އަހަރު ވަންދެން ފިލްމު ކުޅުމާއި ދުރުގައު ހުރުމަށްފަހު،2006 ވަނަ އަހަރު އާމިރްޚާން ބެލުންތެރިންނަށް ފެނިގެން ދިޔައީ، ފިލްމު "ފަނާ" އަދި "ރަންގްދޭ ބަސަންތީ" އިންނެވެ. އާމިރްޚާން އެންމެ ފުރަތަމަ ޑައިރެކްޓްކުރި ފިލްމަކީ "ތާރޭ ޒަމީންޕަރް" އެވެ. މިފިލްމަށްވެސް ގިނަ އެވޯޑްތަކެއް ލިބުނެވެ. އޭގެ ތެރޭގައި ބެސްޓް ފިލްމު އެވޯޑް އަދި ބެސްޓް ޑައިރެކްޓަރ އެވޯޑްވެސް ހިމެނެއެވެ.
2008 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ގަޖިނީ"އަކީ، އާމިރްޚާންއަށް ވަރަށް ހާއްސަ ފިލްމެކެވެ. މިފިލްމަކީ ބޮލީވުޑްގެ ފިލްމަކަށް ޑޮމެސްޓިކް ސިނެމާއިން 100 ކުރޯޑު ލިބުނު ފުރަތަމަ ފިލްމެވެ. މިފިލްމަށް 115 ކުރޯޑް ލިބިފައެވެ. އާމިރްޚާންގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ތްރީ އިޑިއަޓްސް، ދޫމް 3، ޕީކޭ އަދި ޑަންގަލް ފާހަގަކޮށްލެވެއެވެ.

https://www.youtube.com/watch?v=ztPa6vkM-yY

ފާހަކަށް އައިސް އާމިރްޚާންގެ ފިލްމުތަކަކީ ބޮލީވުޑްގައި އެންމެ ބޮޑު އޯޑިއެންސެއް ލިބޭ ފިލްމުތަކަށް ވަނީ ވެފައެވެ. އާމިރްގެ އަމިއްލަ ދިރިއުޅުމަށް ބަލާއިރު، އޭނާގެ 3 ކުދިން ތިބެއެވެ. އޭގެ ތެރެއިން 2 ކުދިންނަކީ އާމިރްގެ ފުރަތަމަ ކައިވެންޏަށް ލިބުނު އީރާ އަދި ޖުނެއިދެވެ. އާމިރް އެންމެ ފުރަތަމަ ކައިވެނި ކުރީ ރީނާ ދައްތާއާއެވެ. މިހާރު އާމިރް ކައިވެނިކޮށްގެން އުޅެނީ ކިރަން ރާއޯއާއެވެ.

އާމިރަކީ އެހެން އެކްޓަރުންނާއި ތަފާތު އުސޫލުތަކެއް ގެންގުޅޭ އެކްޓަރެއްކަން ފާހަގަކޮށްލެވެއެވެ. އާމިރް ބުނެފައިވާ ގޮތުގައި އޭނާ ފިލްމެއް ކުޅެން އެއްބަސްވަނީ ފިލްމުގެ ސްކްރިޕްޓް އެއްކޮށް ކިޔުމަށް ފަހުގައެވެ. އަދި 2 ފިލްމެއްގެ މަސައްކަތް އެއްފަހަރާ ނުކުރުމަށްވެސް އާމިރް ވަނީ ނިންމާފައެވެ. މީގެ އިތުރުން މީޑިޔާއާއި ދުރުގައި ހުރުމަށް ލޯބިކުރާ އާމިރްޚާން އަކީ، އެވޯޑް ހަފްލާތަކަށް ދާ ފަރާތެއްވެސް ނޫންކަން ފާހަގަކޮށްލެވެއެވެ.

https://www.youtube.com/watch?v=x5zLHQTa7HE

މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...