ޖެކްލިންއާއި އެކީގައި ފިލްމު ކުޅެން ސިދާރްތު ދެކޮޅު ހަދައިފި

ޖެކްލިން އަދި ސިދާރްތު.

ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނާންޑޭޒްއާއިއެކުގައި ފިލްމެއް ކުޅެން ބަތަލު ސިދާރްތް މިވަނީ ދެކޮޅު ހަދާފައެވެ.

ޖެކްލިންއާއި ސިދާރްތު އެކުގައި ކުޅުނު ފިލްމު "އަ ޖެންޓްލްމެން" އަށް މާބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް، ފިލްމު ޕްރޮޑިއުސްކުރާ ފަރާތްތަކުން ޖެކްލިންއާއި ސިދާރްތުގެ ފިލްމުތައް އުފައްދަން އަދިވެސް ބޭނުންވެއެވެ. ސިދާރްތު އާއި ޖެކްލީންގެ އޮފް ސްކްރީން ކެމިސްޓްރީގެ ވާހަކަ ވަރަށް ބާރަށް ދަނީ ދެކެވެމުންނެވެ. އެދެމީހުން އެކީގައި ވަރަށް ގިނައިން ވަގުތު ހޭދަ ކުރާ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ބުނެއެވެ. އަމިއްލަ ދިރިއުޅުމުގައި ސިދާރްތުއާއި ޖެކްލިންގެ މެދުގައި ގާތް ރަހްމަތްތެރި ކަމެއް އުފެދިފައި އޮތް ނަމަވެސް ސިދާރްތު މިވަނީ ޖެކްލިންއާއިއެކީގައި މަސައްކަތް ކުރުމަށް އޭނާއަށް ލިބުނު 2 ފުރުސަތަށްވެސް ނޫނެކޭ ބުނެފައެވެ. ސަލްމާން ޚާންއާއި ޖެކްލިންއަށް ލީޑް ރޯލުން ފުރުސަތު ލިބުނު ފިލްމު "ރޭސް 3" ވެސް އެންމެ ފުރަތަމަ ލިބުނީ ސިދާރްތު އަށެވެ. ޚަބަރު ލިބޭގޮތުގައި ސިދާރްތު ރޭސް 3 ދޫކޮށްލީ އެފިލްމުގައި ޖެކްލިން ބައިވެރިވާތީއެއް ނޫނެވެ.

ސިދާރްތު ރޭސް 3 ދޫކޮށްލީ، ޑެއިޒީ ޝާހްއާއިއެކީގައި މަސައްކަތް ނުކުރަންވެގެންނެވެ. ޖެކްލިންއާއިއެކީގައި ކުޅެން ލިބުނު ދެވަނަ ފިލްމު ސިދާރްތު ދޫކޮށްލީ އެފިލްމުގެ ސްކްރިޕްޓް އޭނާއަށް ކަމުނުދާތީއެވެ. ސިދާރްތުއަށް ފިލްމުތައް އިހްތިޔާރު ކުރުމުގައި އެންމެ ބޮޑަށް އެހީތެރިވެދެނީ އޭނާ ބޮލީވުޑަށް ތައާރަފްކޮށްދިން ޑައިރެކްޓަރ ކަރަން ޖޯހަރެވެ. ސިދާރްތު ޖެކްލިންއާއިއެކީގައި މަސައްކަތް ކުރަން ދެކޮޅު ހެދި އަސްލު ސަބަބެއް ސާފެއް ނުވެއެވެ. ޖެކްލިންއާއި ސިދާރްތުގެ ގާތް ގުޅުމަށް ސިދާރްތުގެ ލޯބިވެރިޔާ، އަދި އެކްޓްރެސް އާލިޔާ ބަޓް ނުރުހޭ ވާހަކައަކީވެސް ދެކެވެމުން އަންނަ ވާހަކައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...