ސަރެގަމަޕާ ލިލް ޗޭމްޕްގެ މިއަހަރުގެ ޝޯ ދެކުއްޖަކު ކާމިޔާބު ކޮށްފި

ސަރެގަމަޕަ ލިލް ޗޭމްޮޕް ކާމިޔާބް ކުރި ދެކުދިން އެ ޝޯގެ ޖަޖުންނާއިއެކު

 މިއަހަރުގެ ސަރެގަމަަޕަ ލިލް ޗޭމްޕް ޝްރެއަން ބަޓްއަޗާރިއާއާއި އަދި އަންޖަލީ ގައިކްވާޑް ކާމިޔާބްކޮށްފިއެވެ.


ސަރެގަމަޕަ ލިލް ޗޭމްސް ޝޯއަކީ ގިނަ ދިވެހިންގެ މެދުގައިވެސް ވަރަށް މަގުބޫލު ޝޯއެކެވެ. އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޝޯގައި މިޝޯ ކާމިޔާބް ކުރި ފަރާތްތައް އިއުލާން ކުރުމާއެކު ޝޯގެ ބައިވެރިންނަށާއި މުޅި ޝޯގެ ފޭނުންނަށް ލިބިގެންދިއައީ ބޮޑު ޝޮކެވެ. މިޝޯ ދެބައިވެރިން ކާމިޔާބް ކުރުން ވެގެންދިއަކީ ގިނަ ބަޔަކަށް ހައިރާން ކަން ލިބިގެންދިއަ ކަމަކަށެވެ. މަޝްހޫރު ލަވަކިއުންތެރިންކަމަށްވާ ޖާވިދު އަލީ، އިމްރާން ހަޝްމީއަދި ނެހޭ ކައްކަރު ޖަޖުކަން ކުރާމިޝޯގެ ކާމިޔާބުކުރި ދެކުކުދިންގެ ތެރެއިން ޝްރެއަން އަކީ ޝޯ ފެށުނީއްސުރެ ޝޯގެ ބައިވެރިއެއްގެ ގޮތުގައި ހުރި ކުއްޖެކެވެ. ނަމަވެސް އަންޖަލީ އަކީ ޝޯގެ މެދުތެރެއިން ވައިލްޑް ކާޑް އެންޓްރީއެއްގެ ގޮތުގައި ޝޯއާއި ގުޅުނު ކުއްޖެކެވެ.
މިއީ އިންޑިއާގައި އެއްޝޯއެއް ދެކުއްޖަކު ކާމިޔާބް ކުރި ފުރަތަމަ ފަހަރެެވެ.

ޑްރޫން ޓިއްކޫ، ޝަންމުކްޕްރިއާ ވައިޝްނަވް ގްރިޝް އަދި ސޮނާކްޝީ ކަރް އާއި ވާދަކޮށްގެން މިދެކުދިން ޝޯ ކާމިޔާބް ކޮށްފައިވާއިރު މިކާމިޔާބީއާއި ގުޅިގެން
ބޮޑެތި އިނާމްތަކެއް އެކުދިންނަށް ލިބިފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...