ޕްރިޔަންކާ އޭނާގެ ކުރީގެ ލޯބިޔާވެރިޔާގެ ވާހަކަ ދައްކައިފި: "އަހަރެން އޭނާއަށް ކިޔަނީ އެމްއެފް"

ޕްރިޔަންކާ ޗޯޕްރާ

ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައިވެސް ފިޔަޖަހަމުން އަންނަ ތަރި ޕްރިޔަންކާ ޗޯޕްރާ ޔޫއެސްގެ ޑާޓީ ލޯންޑްރީ ޗެޓްޝޯގައި އޭނާގެ ކުރީގެ ލޯބިވެރިއެއްގެ ޖެކެޓެއް ހިފައިގެން އައުމުން އޭނާގެ ހުރިހާ ފޭނުންގެ ސަމާލުކަން އެކަމަށް ހުއްޓިގެންދިޔައެވެ.

އެޗެޓް ޝޯގައި ޕްރިޔަންކާ ބުނެފައިވަނީ، ކުރީގެ ލޯބިވެރިޔާގެ ޖެކެޓް އޭނާ މިހާރު ބޭނުން ކުރަނީ އެއާޕޯޓް ޖެކެޓްގެ ގޮތުގައި ކަމަށެވެ. ޕްރިޔަންކާ ބުނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ޖެކެޓް އަނބުރާ ދިނުމަށް އެދުނު ކަމަށާއި އެހެންނަމަވެސް އެކަމަށް ޕްރިޔަންކާ އެއްބަސްނުވީ ކަމަށެވެ. ޕްރިޔަންކާގެ ކުރީގެ ލޯބިވެރިޔާގެ ޖެކެޓް އޮންލައިން މީޑިޔާތަކުގައި ދައުރުވާން ފެށުމާއެކު، އެއީ ކުރިން ޕްރިޔަންކާއާއި ގުޅުމެއް އޮތް ވާހަކަ ދެކެވުނު އެކްޓަރ ޝާހްރުކްހާންގެ ޖެކެޓެއް ކަމަށްވެސް ބައެއް މީހުން ބުނަން ފެށިއެވެ. އަދި ޕްރިޔަންކާގެ ކުރީގެ ލޯބިވެރިޔާއަކީ ޝާހްރުކްހާންތޯވެސް ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ. ވަރަށް ފަހުން "ފެމިނާ"އަށް ދިން އިންޓަރވިޔުއެއްގައި ޕްރިޔަންކާ މިވަނީ ޖެކެޓް ނިސްބަތްވާ ކުރީގެ އެކްސް ބޯއިފްރެންޑާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ. ޕްރިޔަންކާ ވަނީ އޭނާގެ ނަން ހާމަކުރުމަށް ދެކޮޅު ހަދާފައެވެ. އެހެންނަމަވެސް އޭނާއަށް ކިޔާ ވަނަން ޕްރިޔަންކާ ވަނީ ހިއްސާކޮށްފައެވެ.

" އަހަރެން އޭނާއަށް ކިޔަނީ އެމްއެފް" ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާގެ އެކްސްގެ ވާހަކަ ބޭއްވުމަށްފަހު އޭނާގެ ފިލްމީ މަސައްކަތުގެ ވާހަކައަށް ޖެހިލަމާ ހިނގާށެވެ. ޕްރިޔަންކާ އެންމެ ފަހުން ބެލުންތެރިންނަށް ފެނުނީ ހޮލީވުޑްގެ ފިލްމު ބޭވޮޗްއިންނެވެ. ޕްރިޔަންކާ އަދިވެސް ހޮލީވުދްގެ ފިލްމުތަކުން ފެނިގެންދާނެއެވެ. އެގޮތުން " އަ ކިޑް ލައިކް ޖޭކް" އަދި އިޒިންޓް އިޓް ރޮމޭންޓިކް" އަކީ ޕްރިޔަންކާގެ ކުރިއަށް ހުރި ހޮލީވުޑްގެ ފިލްމުތަކެވެ. ބޮލީވުޑްގެ ޚަބަރުތައް ބުނާގޮތުގައި ޕްރިޔަންކާ މުޅި އަހަރުވެސް ހުސްކޮށްލުމަށް ނިންމާފައިވަނީ ހޮލީވުޑްގެ މަސައްކަތްތަކަށް ކަމަށެވެ. އަދި މިއަހަރު ބޮލީވުޑްގެ އެއްވެސް ފިލްމަކުން ޕްރިޔަންކާއެއް ނުފެންނާނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...