ޕްރަބޫ ދޭވާ އަމީތާބަށް ނަށަން ދަސްކޮށްދީފި

އަމީތާބް ބަޗަން ލަވައެއްގައި ނަށަނީ.

ބޮލީވުޑްގެ މެގަސްޓަރ އަމީތާބު ބަޗަން އަކީ މިހާރު އުމުރުން 75 އަހަރުގެ އެކްޓަރެކެވެ.

މި އުމުރުގައި އަމީތާބު ލަވައެއްގައި ގަދަޔަށް ނަށާ މަންޒަރު ފެނިދާނެ ކަމަށް ގިނަ މީހުން ގަބޫލެއް ނުކުރާނެއެވެ. އެހެންމަވެސް މަޝްހޫރު ކޮރެއާގްރާފަރ އަދި ޑައިރެކްޓަރ ޕްރަބޫ ދޭވާ މިވަނީ، އަމީތާބު ލައްވާ ނަށުވާފައެވެ. ޓްވިޓަރ މެދުވެރިކޮށް އަމީތާބު ވަނީ އެކަން އޭނާގެ ފޭނުންނާއި ހިއްސާކޮށްފައެވެ. އަމީތާބު ބުނީ، ޕްރަބޫ ދޭވާ ކޮރިއޯގްރާފް ކޮށްދިން ލަވައަކަށް އޭނާ ނަށާފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެޕްރޮޖެޓާއި ގުޅޭ އިތުރު ތަފްސީލެއް ބައްޗަން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، ޕްރަބޫ ދޭވާއާއި އެކީގައި އަމީތާބު މަސައްކަތް ކޮށްފައި މިވަނީ ކޮންލަވައެއްގައިކަން ބެލުންތެރިންނަށް މާ ގިނަ ދުވަސްތަކެއް ނުވެ އެނގޭނެ ކަމަށް ބެލެވެއެވެ.

މީގެ ކުރިންވެސް އަމީތާބު ވަނީ ނަށާ ލަވަތަކުން ބެލުންތެރިންނަށް ފެނިފައެވެ. އޭގެތެރޭގައި ކަބީހުޝީކަބީޣަމްގެ "ޝާވާ ޝާވާ" އަދި ފިލްމު ޖޫމް ބަރާބަރް ޖޫމްގެ ތީމް ލަވަވެސް ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...