ދަރިފުޅަށް ކިޔާފައިވަނީ އަހަރެންނަށް ކަމުދިޔަ ނަން: ކުނާލް

ކުނާލް އަދި ސޯހާ: ކުނާލްއާއި ސޯހާ ކައިވެނި ކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 24 ވަނަ ދުވަހު.

މިދިޔަ ސެޕްޓެމްބަރުމަހުގެ 29 ވަނަ ދުވަހު، ބޮލީވުޑްގެ ދެތަރިން ކަމަށްވާ ސޯހާ އަލީ ހާން އަދި ކުނާލް ކޭމޫއަށް ވަނީ އަންހެން ކުއްޖެއް ލިބިފައެވެ.

އެކުއްޖާއަށް ކިޔާފައިވާ ނަމަކީ އިނާޔާ ނައުމީ ކޭމޫއެވެ. އިނާޔާއަކީ ދިވެހިންގެ ތެރޭގައިވެސް މަގްބޫލް ނަމެއްކަން ފާހަގަކޮށްލެވެއެވެ. ދާދިފަހުން ކުނާލް މިވަނީ ބައްޕައަކަށް ވުމާއި ގުޅިގެން ދުވަހު ނޫހަކަށް އިންޓަވިޔުއެއް ދީފައެވެ. އެ އިންޓަވިޔުގައި ބައްޕައަކަށް ވުމަކީ ވަރަށް އުފާވެރި އިހްސާސެއް ކުރުވާ ކަމެއް ކަމަށް ކުނާލް ވަނީ ބުނެފައެވެ. އަދި ދަރިފުޅަށް ކިޔާފައިވާ ނަމަކީ އޭނާ ހުށަހެޅި ނަމެއް ކަމަށްވެސް ކުނާލް ބުންޏެވެ.

" ސޯހާއާއި ދެމީހުންވެސް ދެމީހުންނަށް ރީތި ނަންތައް ހިމަނައިގެން ލިސްޓެއް ތައްޔާރު ކުރީ. ދެން ހުރިހާ ނަމަކަށް ބަލާފައި ދެމީހުންވެސް ނިންމީ އިނާޔާ ކިޔަން." ކުނާލް ބުންޏެވެ.

އިނާޔާ އަކީ އަދި ވަރަށް ތުއްތު ކުއްޖެއް ކަމުން، ދުވަހުގެ ގިނަ ވަގުތު އިނާޔާ އޮންނަނީ ނިދާފައި ކަމަށް ކުނާލް ބުންޏެވެ. އަދި އެ އުމުރުގެ އެހެންކުދިންނާއި ހިލާފަށް އިނާޔާ މާގިނައިން ނުރޯ ކަމަށްވެސް ކުނާލް ބުންޏެވެ. ސޯހާގެ ބޭބެ އަދި އެކްޓަރ ސޭފް އަލީ ޚާންގެ ދަރިފުޅު ތައިމޫރް އަލީ ޚާންއާއި އިނާޔާއާއި ބައްދަލުވެފައިވާކަން ފާހަގަކުރަމުން ކުނާލް ބުނީ އެދެކުދިން ކުޑަ ކަމުން، އަދި އެކަކު އަނެކަކަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށެވެ. ކުނާލް ވަނީ އޭނާގެ އަންހެނުން ސޯހާއަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ. އެގޮތުން މަންމައަކަށް ވުމުން ރޭގަނޑުގެ ނިދި ގެއްލޭތީ ސޯހާ އެއްވެސް ވަރަކަށް ޝަކުވާ ނުކުރާ ކަމަށާއި މަންމައެއްގެ ޒިންމާ ވަރަށް ފުރިހަމައަށް އަދާ ކުރަމުން އަންނަ ކަމަށް ކުނާލް ވަނީ ބުނެފައެވެ. އޭނާ ބުނީ ދަރިއަކު ލިބުނު ފަހުން މަސައްކަތް ނިންމާލުމަށްފަހު އަވަހަށް ގެއަށް ދެވޭތޯ އޭނާވެސް ބަލާ ކަމަށެވެ.މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...