ޕަދުމާވަތީގެ ފުރަތަމަ ލަވައަށް ބޮޑު ތަރުހީބެއް

ޕަދުމާވަތީގެ ގޫމަރު ލަވައިގައި ދިޕީކާ ފެނިގެންދާ ގޮތް

ސަންޖޭލީލާ ބަންސާލީގެ އާ ފިލްމް ޕަދުމާވަތީ ފުރަތަމަ ލަވަ ރިލީޒް ކޮށްފިއެވެ


ސަންޖޭލީލާ ބަންސާލީގެ ފިލްމުތަކަކީ ގިނަ ބަޔަކު އެއަށް ވަރަށް ބޮޑަށް އިންތިޒާރުކުރާ ފިލްމުތަކެކެވެ. އެގޮތުން  މިހާރު ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރު ކުރާ ފިލްމަކީ  އޭނާ ގެ އާ ފިލްމު ޕަދުމާވަތީއެވެ.
ދީޕިކާ ރަންވީރު އަދި ޝާހިދު ކަޕޫރު އެކުގައި ފެނިގެންދާ މި ފިލްމު ރިލީސް ކުރުމަށް މިހާރު ތައްޔާރު ވަމުންދާއިރު އެ ފިލްމުގެ ފުރަތަމަ ލަވަ ގޫމަރު މިވަނީ ރިލީޒް ކޮށްފައެވެ. 

މިލަވަ ރިލީޒް ކުރުމާއެކު ގިނަ ބަޔަކު އަންނަނީ އެލަވަށް ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ. އެގޮތުން މިލައިގައި ދީޕިކާގެ ހުނަރަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވާއިރު، މިލަވައިގައި އޭނާ ކޮންފައިވާ ގޫމަރް
ޑާންސަކީ އިންޑިއާގައި ވަރަށް ޒަމާންވީ ޑާންސެކެވެ. އެޑާންސް ކުރުމަށް ދީޕިކާ ފުރިހަމައަށް ތައްޔާރުވެފައިވާކަން މިލަވަ ބަލާލުމުންވެސް އެގެއެވެ. ބޮލީވުޑުގެ ޚަބަރުތައް ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ މިލަވައިން އެކަނިވެސް މިފިލްމުގެ ފުރިހަމަކަން އެނގިގެން ހިގައްޖެކަމަށެވެ.

https://www.youtube.com/watch?v=6cKErCWrb44

މިލަވަޔާ ގުޅޭ ގޮތުން ދީޕިކާ ބުނެފައިވަނީ މިއީ ވަރަށް ތަފާތު އިހުސާސްތަކެއް ކުރެވުނު ލަވައެއްކަމަށާއި، އަދި މިލަވައިގެ ސެޓަށް ދިއުމުން ވެސް އޭނާ އަކީ ރާނީ ޕަދުމާވަތީ ކަމަށް އިހުސާސްކުރެވުނުކަމަށެވެ. 
މިލަވައިގައި އޭނާ ކުރާ ޑާންސާއި ގުޅިގެން ބުނެފައިވަނީ އެއީ ވަރަށް ތަފާތު އިހުސާސެއްކަމަށް އަދި އެނެޝުމާއި ދޭތެރޭގައި ވަރަށް ހިތްހަމަޖެހި ގަޔާވާކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މިލަވަޔަށް ގިނަ ބަޔެއްގެ ތައުރީފު އޮހެމުންދާއިރު މިލަވަ ޔޫޓިއުބުގައި ރިލީސް ކުރިތާ ސައުވީސް ގަޑިއިރު ނުވަނީސް އެތަށް މިލިއަން މީހުން ބަލާފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...