ފައްސަތޭކަ ރުފިޔާގެ ވަގުނޫޓްތަކެއް ދައުރުވާ ކަމުގެ އަޑުތަކެއް

- ސޯޝަލް މީޑިޔާގައި ވަގު ނޫޓު ކަމަށް ބުނެ ދައުރުވާ ފައްސަތޭކަ ރުފިޔާ -
ފައްސަތޭކަ ރުފިޔާގެ ވަގު ނޫޓް ދައުރުވަމުންދާކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ބުނެފިއެވެ. 

ފައްސަތޭކަ ރުފިޔާގެ ވަގު ނޫޓެއްކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއާއި ގުޅޭގޮތުން ޗެނަލް ތާރޓީން އަށް މައުލޫމާތު ދެއްވަމުން އެމް.އެމް.އޭ ގެ އޮފިޝަލަކު ވިދާޅުވީ ފައްސަތޭކަ ރުފިޔާގެ ވަގު ނޫޓެއް ދައުރުވަމުންދާ ކަމުގެ މައުލޫމާތު އަދި ލިބިފައިނުވާ ކަމަށެވެ.

އަދި ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ފައްސަތޭކަ ވަގުނޫޓަކީ ސައްޙަ މައުލޫމާތު އެކުލެވިގެންވާ އެއްޗެއް ކަމެއްވެސް ނޭގޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަލަށް ތައާރަފްކޮށްފައިވާ ފައިސާގެ ނޫޓްތަކަކީ އެހާ ފައްސޭހައިން ވަގު ނޫޓް ހެދޭނެ ގޮތަށް ފަރުމާކޮށްފައިވާ ނޫޓްތަކެއް ނޫންކަމަށެވެ.

އެހެންކަމުން އާންމު ނޫޓް ގެންގުޅުމުގައި ސަމާލުވުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ފައްސޭކަ ރުފިޔާގެ ނޫޓްގެ ކޮލިޓީ ވަރަށް ދަށްކަން ފާހަގަކޮށްލެވެއެވެ. 


ސަލާމަތީ ސިފަތައް ވަރުގަދަކުރުމާއެކު ޒަމާނީ ފަރުމާއަކަށް ތައްޔާރުކޮށް ޕޮލިމާ ކަރުދާހަށް ޕްރިންޓްކޮށްފައިވާ ރަންދިހަފަހެއް ނޫޓް ސީރިޒް ތައާރަފްކޮށް ބޭނުންކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ސައްބީސް ވަނަ ދުވަހުއެވެ.

މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...