ވަޒީފާގެ ފުރުސަތު ދިނުމުގެ ގޮތުން ވެމްކޯއިން އޯޕެންޑޭ އެއް ބާއްވަނީ

ވެމްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޤްބާލް ވާހަކަ ދައްކަނީ: ފޮޓޯ ޗެނަލް ތާރޓީން

ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ދިނުމުގެ ގޮތުން ވެމްކޯއިން ވިލިމާލޭގައި އޯޕެންޑޭ އެއް ބާއްވަން ނިންމައިފިއެވެ.

ވެމްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރ މުހައްމަދު އިޤްބާލް ވިދާޅުވީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުނި އުކުމުގެ ޚިދުމަތަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، ވިލިމާލެއަށް ޚިދުމަތް ފެށުމަށް ގިނަ ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލާފައި ވާކަމަށެވެ. އެގޮތުން މާދަމާ ވިލިމާލޭގައި ބާއްވާ އޯޕެންޑޭގައި ވަޒީފާ ބޭނުންވާ ފަރާތްތައް އެކަމަށް ބޭނުންވާ ޑޮކިއުމެންޓްސް ހިފައިގެން އައުމުން ވަޒީފާގެ ޕްރޮސެސް ކުރިއަށްދާނެ ކަމަށް އިޤްބާލް ވިދާޅުވިއެވެ.

އިޤްބާލް ވިދާޅުވީ ވިލިމާލޭގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ސާރވޭ އެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީ ކުނި މެނޭޖް ކުރަމުންދާ ގޮތުގެ މަޢުލޫމާތު ހޯދުމަށް ކުރާ ސާރވޭ އެއް ކަމަށް އިޤްބާލް ވިދާޅުވިއެވެ.


މިއަދުން ފެށިގެން ކުރިއަށް ގެންދާ މި ސާރވޭގެ ބޭނުމަކީ މި ޚިދުމަތަށް ލިބެމުންދާ ކުރިއެރުން ބެލުން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މި ސާރވޭގައި މައިގަނޑު ގޮތެއްގައި ބަލާނީ ގޭގޭގައި ކުނި މެނޭޖް ކުރަމުންދާ ގޮތާ އަދި ގެއިން އުކާލާ ކުނި ވަކިކޮށްގެން އުކާލާތޯއެވެ.


މީގެއިތުރުން ހުޅުމާލޭގައި ނޮވެމްބަރ އެއްވަނަ ދުހުވަހު ކުނީގެ ޚިދުމަތް ފެށުމަށް، މިމަހު 21 ވަނަ ދުވަހުން ފެށިގެން ރަޖިސްޓްރޭޝަން ހުޅުވާލާފައި ވާކަމަށެވެ. އެގޮތުން ރަޖިސްޓްރީ ކުރައްވަން ބޭނުންވާ ފަރާތްތަކުން މިމަހު 21 ވަނަ ދުވަހުން ފެށިގެން ޔޫތް ސެންޓަރ ގައި ޤާއިމް ކުރާ ރަޖިސްޓްރޭޝަން ޑެސްކުން ރަޖިސްޓްރީގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...