10 ރަށެއްގެ ނަރުދަމާގެ މަޝްރޫޢުތަކަށް ބޭނުންވާ މެޓީރިއަލްސް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި

ނަރުދަމާގެ މަޝްރޫޢުތަކަށް ބޭނުންވާ މެޓީރިއަލްސް ފޯރުކޮށްދިނުމަށް ސްޓެލްކޯއާއި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ ޗެނަލް ތާރޓީން

މިނިސްޓްރީ އޮފް އެންވަޔަރުމެންޓްގައި ބޭއްވި މި ރަމިއްޔާތުގައި ވާހަކަދައްކަވަމުން ތިމާވެއްޓާ ހަކަތަޔާ ބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވީ ލޭބާރ އަދި މެޓީރިއަލްސް ވަކިކޮށްގެން ކުރިއަށް ގެންދަނީ މި މަސައްކަތުގެ އަގު ހެޔޮކޮށް އަވަހަށް މަސައްކަތް ނިންމުމަށް ކަމަށެވެ.


ސަރުކާރުގެ ޓާގެޓަކީ 75 އިންސައްތަ އާބާދީ އަށް ނަރުދަމާ ފޯރުކޮށްދިނުން ކަމަށް ވާއިރު، މި ސޮއެ ކުރެވުނު 10 ރަށާއެކު 74 އިއްސައްތަ އާބާދީއަށް ނަރުދަމާ ފޯރުކޮށްދެވުނީ ކަމަށެވެ. އަދި މިއަހަރު ތެރޭގައި އިތުރު 4 ރަށަކަށް ނަރުދަމާގެ ނިޒާމް ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި 4 ރަށަށް ނަރުދަމާ ފޯރުކޮށްދެވުމުން 75 އިންސައްތަ އަށް ނަރުދަމާ ފޯރުކޮށްދެވުނީ ކަމަށް މިނިށްތަރ ވިދާޅުވިއެވެ.


މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ޙަވާލުކޮށްފައިވަނީ ސްޓޭޓް ޓްރެޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އާއެވެ. މިއަދު މި ޙަވާލުކުރީ ފ. ފީއަލި، އދ. ހަންޏާމީދޫ، އދ. އޮމަދޫ، ކ. ކާށިދޫ، ލ. މާވަށު، ރ. މާކުރަތު، ރ. ރަސްމާދޫ، ހއ. އުތީމު ހއ.ބާރަށުގެ އިތުރުން ނ. ލަންދޫގެ ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ މެޓީރިއަލްސް އަދި އިކުއިޕްމަންޓް ފޯރުކޮށްދިނުމުގެ މަސައްކަތެވެ. 


10 ރަށަށް މެޓީރިއަލް އަދި އިކުއިޕްމަންޓް ފޯރުކޮށްދިނުމުގެ މި ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 133,008,951.31 ( ސަތޭކަ ތެއްތިރީސް މިލިއަން އަށްހާސް ނުވަސަތޭކަ ފަންސާސް އެއް ރުފިޔާ، ތިރީސް އެއް) ލާރިއެވެ.


މި މަސައްކަތުގެ އެއްބަސްވުމުގައި މިނސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ތާރިޤް އިބްރާހީމް އެވެ. އަދި އެސް.ޓީ.އޯ ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރ އަލްފާޟިލް މުހައްމަދު މާހިދުއެވެ. މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...