އޮރިއެންޓޭޝަން ޕްރޮގްރާމް ފުރިހަމަކުރެއްވި ޤާނޫނީ ވަކީލުންނާ އުއްތަމަ ފަނޑިޔާރު ބައްދަލުކުރައްވައިފި

އޮރިއެންޓޭޝަން ޕްރޮގްރާމް ފުރިހަމަކުރެއްވި ވަކީލުންނާއެކު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު( މެދުގައި)

ޝަރުޢީ އަދި ޤާނޫނީ ނިޒާމަށް އަހުލުވެރި ކުރުމުގެ އޮރިއެންޓޭޝަން ޕްރޮގްރާމް ފުރިހަމަކުރެއްވި ޤާނޫނީ ވަކީލުންނާ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު ބައްދަލުކުރައްވައިފިއެވެ. 

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދުގެ ދަށުން މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ސަތާރަ ވަނަ ދުވަހު ޤާނޫނީ ވަކީލުކަމުގެ ހުވާކުރެއްވި ވަކީލުންގެ ތެރެއިން، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ހިންގި އޮރިއެންޓޭޝަން ޕްރޮގްރާމް ފުރިހަމަކުރެއްވި ވަކީލުންނާ އުއްތަމަ ފަނޑިޔާރު ބައްދަލުކުރައްވާފައިވަނީ ސުޕްރީމް ކޯޓުގެ ގޯތިތެރޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

އެ ޙަފުލާގައި، އަލަށް ޤާނޫނީ ދާއިރާއާ ގުޅިފައިވާ ވަކީލުންނާ އުއްތަމަ ފަނޑިޔާރު މުޚާތަބުކުރައްވައި، މި ޕްރޮގްރާމްގެ މަޤުޞަދާއި، ޕްރޮގްރާމްގެ ބޭނުންތެރިކަމާގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރެއްވި ކަމަށް ޑިޕާޓްމަންޓް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މައުލޫމާތުދެއެވެ.

އަދި ޕްރޮގްރާމް ކުރިއަށް ދިޔަ ގޮތާމެދު ބައިވެރިންގެ ޚިޔާލު ހޯއްދާ ޕްރޮގްރާމާ ގުޅޭގޮތުން އުއްތަމަ ފަނޑިޔާރު މަޝްވަރާކުރެއްވިއެވެ. އަދި މި ޕްރޮގްރާމް ފުރިހަމަ ކުރެއްވި 74 ޤާނޫނީ ވަކީލަކު ބައިވެރިވި އިރު، ސުޕްރީމް ކޯޓުގެ އިސް ވެރިންނާއި، ޖުޑީޝަލް އެކަޑަމީގެ އިސްވެރިންގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެރިން ބައިވެރިވެވަޑައިގެންނެވި.އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...