ބައިނަލްއަގުވާމީ އެއާރ ޓްރެފިކް ކޮންޓްރޯލާސްގެ ދުވަސް ފާހަގަ ކޮށްފި

ބައިނަލްއަގުވާމީ އެއާރ ޓްރެފިކް ކޮންޓްރޯލާސްގެ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު

އަލަށް ބިނާވެގެންދާ ރަންވޭ އާއި އެކު އޭވިއޭޝަންގެ ދާއިރާ އަށް އަންނަ ކުރިއެރުންތަކާއި އެކު އެއާރ ޓްރެފިކް ކޮންޓްރޯލާސްގެ ދާއިރާ ވެސް ތަރައްގީވެ ފުޅާވެގެން ދާނެ ކަމަށް އެއާޓްރެފިކް ކޮންޓްރޯލް ސާވިސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވެއްޖެ އެވެ.


އެއާރ ޓްރެފިކް ކޮންޓްރޯލާސްގެ ދުވަހުގެ މުނާސަބަތުގައި ހުޅުލޭގައި ބޭއްވި ހަފްލާ އެއްގައި ތޯހާ ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކައި އަޅާބަލާއިރު، ގިނަގުނަ ކުރިއެރުންތަކެއް އެއާރ ޓްރެފިކިންގ ދާއިރާ އަށް ލިބިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ތިބެގެން އެއާޓްރެފިކް ކޮންޓްރޯލަރުންނަށް ދޭން ޖެހޭ ތަމްރީން ދިނުމުގައި ފުރުސަތު ފަހިވެގެން ދިޔުމަކީ އުއްމީދެއްކަމަށާއި، އެކަން ކުރެވިގެންދާނެ ކަމުގެ އުފާވެރި ހަބަރު އެމްއޭސީއެލްގެ ފަރާތުން ލިބިފައިވާކަމަށް ވެސް ތޯހާ ވިދާޅުވި އެވެ.


ބައިނަލްއަގުވާމީ އެއާ ޓްރެފިކް ކޮންޓްރޯލާރސް ދުވަހުގެ މުނާސަބަތުގައި މއިަދު ބޭއްވި ހަފްލާގައިދުވަހާއި ގުޅޭ ހާއްސަ ކޭކެއް ވެސް ވަނީ ފަޅާފައެވެ.


މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާގެ އިތުރުން އެމްއޭސީއެލް އާއި މޯލްޑިވްސް އެއާރ ޓްރެފިކް ކޮންޓްރޯލާރސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ބައިނަލްއަގުވާމީ އެއާރ ޓްރެފިކް ކޮންޓްރޯލާސްގެ ދުވަސް ފާހަގަ ކޮށްފައި ވާއިރު، ރާއްޖޭގައި މިވަގުތު 12 އެއާޕޯޓެއްގައި 85 އެއާޓްރެފިކް ކޮންޓްރޯލަރުން 24 ގަޑިއިރު ހިދުމަތްދެމުން އަންނަ ކަން ފާހަގަ ކޮށްލެވެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...