އެއާޕޯޓުގެ އާ ރަންވޭގެ ސަބް ބޭސްގެ މަސައްކަތް މިއަދު ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ރަންވޭގެ ސަބް ބޭސްގެ މަސައްކަތް ކުރިއަށް ދަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ރަންވޭގެ ސަބް ބޭސްގެ މަސައްކަތް މިއަދު ފަށައިފި އެވެ.


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ރަންވޭގެ މަސައްކަތާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ، އާ ރަންވޭގެ ދެވަނަ ލޭޔަރުގެ މަސައްކަތް މިއަދު ފަށާފައިވާއިރު، އެ މަސައްކަތް ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަސްތެރޭގައި ނިންމާލެވޭނެ ކަމަށެވެ.


އަލަށް އަޅާ ރަންވޭގެ މަސައްކަތާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން އާދިލް ވިދަޅުވީ، ޖުމްލަ ހަ ލޭޔަރެއް ހިމެނޭ ރަންވޭގެ ސަބް ބޭސް މަސައްކަތުގެ ހުރިހާ ލޭޔަރެއް މިހާރު ނިމިފައިވާކަމަށެވެ. އެހެންކަމުން، ކަނޑައަޅާފައިވާ ޝެޑިއުލްއާއި އެއްގޮތަށް ހުރިހާ މަސައްކަތެއްވެސް ކުރިއަށްދާކަމަށް އާދިލް ވިދާޅުވިއެވެ.


މީގެ އިތުރުން، މިހާރު ކުރިއަށްދާ އިތުރު މަސައްކަތްތަކުގެ ތެރޭގައި މިހާރު އޮތް ރަންވޭ އާއި އަލަށް ހަދާ ރަންވޭ އާއި ގުޅުވާލުމުގެ މަސައްކަތް ވެސް ކުރިއަށްދާކަން އާދިލް ފާހަގަކުރެއްވި އެވެ. އަދި މިހާރު އެއާޕޯޓުގެ ޚިދުމަތް ދަންވަރު ބާރައިން ފަތިހު ހަޔަކަށް ބަންދުކޮށްފައިވާއިރު، އެންމެ ބޮޑެތި މަސައްކަތްތައް ކުރެވެމުން ދާނީ އެ ވަގުތުގައި ކަމަށް ވެސް އާދިލު ވިދާޅުވި އެވެ.


ޓާރމިނަލްގެ މަސައްކަތްތަކަށް ބަލާލާއިރު، މިހާރު ޓެސްޓު ޕައިލިންގ ތައް ޖަހާ ނިމިފައިވާ ކަން ވެސް އާދިލު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އާދިލް ވިދާޅުވީ، އެއަޕޯޓް ރަންވޭ ސަރަހައްދުގައި ވަރަށް ގިނަ ފެސިލިޓީތަކެއް ގާއިމުވެފައި ހުރި ކަމަށާއި މި ތަންތަން ރީލޯކޭޓް ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށެވެ. އަދި ސީ ޕްލޭން ޓާމިނަލްގެ އަމަލީ މަސައްކަތް ވެސް މިއަހަރުގެ ތެރޭގައި ފެށިގެން ދާނެ ކަމަށް ވެސް އާދިލު ވިދާޅުވި އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...