މަޢުމޫން މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް- ޑރ. ޚަލީލް

އައިޕީޔޫގެ ނިމިދިޔަ ދައުރުގެ ރައީސް ފޮޓޯ: އައިޕީޔޫ

ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މަސައްކަތް ކުރައްވަނީ އިންސާނީ ހައްޤުތަކުގެ ނަމުގައި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދުމަށް ކަމަށް ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް ޑރ. އަބްދުﷲ ޙަލީލް ވިދާޅުވެއްޖެއެވެ

ރާއްޖެއަށް ފެކްޓް ފައިންޑިން މިޝަނެއް ފޮނުވުމަށް އިންޓަޕާލަމެންޓްރީ ޔޫނިއަން ގޮވާލާ ނެރެފައިވާ ބަޔާނަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް މަރުހަބާ ދަންނަވާ ކުރެއްވި ޓުވީޓާއި ގުޅިގެން ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިހާރު މަސައްކަތް ކުރައްވަމުންދަނީ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ރައްޔިތުން މެދުގައި ބިރުވެރިކަން އުފައްދަން ކަމަށެވެ.


އަދި ރައީސް މައުމޫނަށް ރަނގަޅު އެއްވެސް ކަމެއް މިހާރު މިގައުމުން ފެންނަމުން ނުދާކަމަށް ޚަލީލް ވިދާޅުވި. މައުމޫން މިފަދައިން ޓުވީޓް ކޮށްފައިވާއިރު، ރާއްޖޭއަށް ވަޑައިގަންނަވާ ވަފްދްއަކީ މާކުރިން އައިޕީޔޫއިން އިންތިޒާމްކޮށްގެން މަޝްވަރާކޮށްގެން ވަޑައިގަންނަވާ ޓީމެއްކަން ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން، މި ޓީމް ރާއްޖެ އައުމަށް ދައުވަތު އަރުވާފައިވަނީ ސީދާ ދިވެހި ސަރުކާރުނެވެ. އައިޕީޔޫއިން ނެރެފައިވާ ނޫސްބަޔާނުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އާއްމުކޮށްވެސް އެ ފަރާތްތަކުން ފާހަގަކުރައްވާ ކަންކަން ކަމަށް ހަލީލް ވިދާޅުވިއެވެ.

ޙަލީލް ވިދާޅުވީ އިންޓަ ޕާލިމަންޓްރީ ޔޫނިއަންއެއްގެ ހައިސިއްޔަތުން ދުނިޔޭގެ ހުރިހާ ޤައުމެއްގެ ހާލަތު ބަލާ އެ ފަރާތްތަކުން ދިރާސާކުރައްވާނެ ކަމަށާއި އެ ބީދާއިން ރާއްޖޭއާއި ދޭތެރޭވެސް ވާޙަކަ ދައްކާފައިވާކަމަށެވެ. އަދި އެއީ މައްސަލައެއްގެ ގޮތުގައި ދެކިވަޑައި ނުގަންނަވާކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.


އިންޓަ ޕާލިމަންޓްރީ ޔޫނިއަން އިން މިފަދައިން ބުނެފައިވާއިރު، ސަރުކާރާއި އިދިކޮޅު މެމްބަރުން ވަނީ 42  މައްސަލައެއް އައިޕީޔޫގެ ހިއުމަން ރައިޓްސް ކޮމިޓީއަށް މީގެކުރިން ވައްދާފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...