އިދިކޮޅު ފަރާތްތަކުން ގައުމު ކަތިލުމަށްޓަކައި ކޮންމެފަދަ ކަމެއްވެސްކޮށްފާނެ: މިނިސްޓަރ ސައީދު

އިކޮނޮމިކްމިނިސްޓަރ މުހައްމަދުސައީދު- ފޮޓޯ: ޗެނަލް 13

އިދިކޮޅު ފަރާތްތަކުން ބޭނުންވާކަމެއް ޙާސިލްނުވާ ކޮންމެ ފަހަރަކު ގައުމު ފަސާދަކޮށް، އަމަން ނަގާލުމަށްޓަކައި މަސައްކަތް ކުރާ ކުރުމަކީ ހިތާމަކުރާ ކަމެއްކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.


ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު އެންމެ ގަދައަށް ދެކެވެމުންދާ މަޖިލީސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ އަހުމަދު ސައީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބޭނުންވާ ކަންކަން ހާސިލްނުވާނެކަން ޔަގީންވާ ކޮންމެ ފަހަރަކު ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި މިގައުމުގައި ހިންގާ މުހިންމު ޕްރޮޖެކްޓްތައް ހުއްޓުވާލަން މަސައްކަތް ކުރަން ނުޖެހޭކަމަށެވެ.


އަދި މި ދިވެހި ފަސްގަނޑުގައި ވެރިކަން ކޮށްފައިވާ ބައެއް ބޭފުޅުން ހިންގާފައިވާ ޖަރީމާތަކަކީ މިއަދު ނުކުރާކަމަކަށް ހަދާ އެމީހުންނަކީ ކުށެއް ނުކުރާ ބައެއްގެ ގޮތުގައި ދައްކަމުންދާ ދިއުމަކީ ހިތާމަކުރަންޖެހޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ގައުމު ހަމަމަގަށް އެޅުވުމަށްޓަކައިކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތާއި މެދު ސުވާލު އުފެދޭކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...