ޕާސްޕޯރޓް ކާޑު ހެއްދުމަށް އެދި ހުށައަޅާތާ އެއްދުވަހުގެ ތެރޭގައި ކާޑް ލިބޭނެ- މޯލްޑިވްސް އިމިގްރޭޝަން

މޯލްޑިވްސް އިމިގްރޭޝަންގެ ޗީފްޕްރިންސިޕަލް އިމިގްރޭޝަންސް އޮފިސަރ ހަސަންހަލީލު- ފޮޓޯ: ޗެނަލް 13

 


ޕާސްޕޯރޓް ކާޑު ހެއްދުމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކަށް އެއްދުވަސް ތެރޭގައި ޕާސްޕޯޓް ކާޑް ލިބިގެންދާނެކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ ހަސަން ހަލީލު ވިދާޅުވެއްޖެއެވެ. 

ޚަލީލު މިހެން ވިދާޅުވީ ޕާސްޕޯޓް ކާޑާބެހޭ ގޮތުން ބޭންކް އޮފް މޯލްޑިވްސް އަދި އެލައިޑް އިންސުއަރެންސް އަށް އަމާޒުކޮށްގެން ބޭއްވި މައުލޫމާތު ދިނުމުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ. 

ޕާސްޕޯޓް ކާޑާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްމުން އިމިގްރޭޝަންގެ ޗީފް އިމިގްރޭޝަން އޮފިސަރ ހަސަން ހަލީލް ވިދާޅުވީ ރާއްޖެއަށް އަލަން ތައާރަފްކުރި ޕާސްޕޯޓް ކާޑާއި ގުޅިގެން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނަކީ ޕާސްޕޯޓް ކާޑްގެ ހުންނަ ސެކިއުރިޓީ ފީޗާސް ތަކާއި ޕާސްޕޯޓް ކާޑް ގެއްލިއްޖެ ނަމަ އަމަލުކުރަންވީ ގޮތްތަކާއި ޕާސްޕޯޓް ކާޑު ގެންގުޅެންވީ ގޮތްތަށް އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކަމާއި ބެހޭ ފަރާތްތަކަށް ހިންގި ސެޝަނެއްކަމަށެވެ. 

އޭނާ ވިދާޅުވީ ޕާސްޕޯޓް ކާޑް އެއްވެސް ބޭނުމެއް ޖެހިގެން މީހެއްގެ އަތަށް ދޭންޖެހޭފަދަ ހާލަތެއް އަތުވެއްޖެނަމަ އެ ކާޑުގެ ވެރިފަރާތައް ނުފެންނަ ހިސާބަށް ނުގެންދިޔުމަށާއި ޕާސްޕޯޓު ކާޑުގެ ކޮޕީފަދަ ތަކެތި އެއްވެސް މީހަކަށް ނުދިނުމަކީ އިމިގްރޭޝަންގެ ވަރަށް ބޮޑު އެދުމެއްކަމަށް އޭނާ ވިދާޅުވިއެވެ. ޕާސްޕޯޓް ކާޑް ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ޚަލީލް ވިދާޅުވީ ޕާސްޕޯރޓް ކާޑު ހެއްދުމަށް އެދި ފޯމް ހުށައަޅާދުވަހު ނޫން އަނެއްދުވަހު ކާޑް ލިބިގެންދާނެކަމަށެވެ.

ޚަލީލު އިތުރައްވިދާޅުވީ ޕާސްޕޯޓު ކާޑު ތައާރަފް ކުރިނަމަވެސް ޕާސްޕޯރޓް ގެންދަން ޖެހޭނެކަމަށާއި ޕާސްޕޯރޓް ގެންދިއުމާއި ނުގެންދިއުން ބިނާވެފައިވަނީ ދެގައުމުގެ ދޭތެރޭގައި އޮންނަ އަންޑަސްޓޭންޑިންއެއްގެ މައްޗައް ކަމަށެވެ. ނަމަވެސް މިވަގުތު އެފަދަ އިންތިޒާމެއް ހަމަޖެހިފައި ނެއްކަމަށް އޭނާ ވިދާޅުވިއެވެ. 

އަދި ޕާސްޕޯރޓްކާޑު ގެއްލިއްޖެނަމަ ޖުރިމަނާ ނުކުރާނެކަމަށާއި ނަމަވެސް މިކާޑް އަލަށް ހައްދާނަމަ ކޮންމެފަހަރަކުވެސް ކާޑަށް ދައްކަންޖެހޭ ފައިސާ ދައްކަން ޖެހޭނެކަމަށްވެސް އޭނާ ވިދޅުވިއެވެ. 

ޕާސްޕޯޓް ކާޑުން އައިޑީކާޑް، ލައިސެންސް އަދި ކޭޝްކާޑުގެ ޚިދުމަތް ލިބޭނެކަން ފާހަގަކޮށްލެވެއެވެ. އަދި ކޭޝްކާޑުން ކުރާ ހުރިހާ މުއާމަލާތްތަކެއް ކުރޭވޭނެ ކަމަވެސް އިމިގްރޭޝަނުން ބުނެއެވެ. އަދި ޕާސްޕޯޓް ކާޑް މިހާރު ހެއްދެނީ އަލަށްޕާސްޕޯޓް ހައްދާ މީހުންނަށާއި، މުއްދަތު ހަމަވެގެން ޕާސްޕޯޓް ހައްދާ ފަރާތްތަކަށް އެކަނިކަންވެސް ފާހަގަކޮށްލެވެއެވެ. އަދި ޕާސްޕޯޓް ކާޑް ހެއްދި ނަމަވެސް ޕާސްޕޯޓް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...