މާލޭގައި ބިދޭސީއަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި

އާޓިފިޝަލް ބީޗް ސަރަހައްދު

އާޓިފިޝަލް ބީޗުގައި މިރޭ ހިނގި މާރާމާރީއެއްގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނެފައިވަނީ މިރޭ ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީފައިވަނީ ބިދޭސީއަކަށް ކަމަށާއި، އޭނާ އަށް މިހާރު އޭޑިކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށެވެ. އަދި އޭނާގެ ހާލަތާ ބެހޭގޮތުން ފުލުހުން އެއްވެސް އެއްޗެއް ނުބެފައެއްނުވެއެވެ.

ފުލުހުން ބުނީ މިރޭ ހިންގި މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށް ފައިވަނީ މިރޭ ދިހަގަޑި ހަތާވީސް އެހާކަންހާއިރު ކަމަށެވެ. މިކަމާއި ގުޅޭގޮތުން އިތުރުމައުލޫމާތު ފުލުހުން ހާމަކޮށްފައިނުވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...