ްޤަވާއިދާ ޚިލާފަށް ގާޑިޔާތަކާއި ގޮޅިތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަނީ

މާރުކޭޓު. ފޮޓޯ: ސަން

ދަތުރުވެރިންގެ މާރުކޭޓު ގޮޅިތަކާއި، ލޯކަލް މާރުކޭޓު ގޮޅިތަކުގެ އިތުރުން ގާޑިޔާތަކުގައި ގަވާއިދުތަކާއި ޚިލާފަށް މަސައްކަތް ކުރާނަމަ ވެރިފަރާތާއިމެދު ފިޔަވަޅު އެޅުމަށް ހައުސިންގ މިނިސްޓްރީ އިން ނިންމައިފި އެވެ.

ހައުސިންގ މިނިސްޓްރީ އިން ބުނީ ބިދޭސީން އެފަދަ ތަންތަނުގައި ސޭޓުންގެ ގޮތުގައި ތިބުމަކީ އެ ތަންތަން ކުއްޔަށް ހިފާފައިވާ ފަރާތްތަކާއި ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށެވެ. އަދި އެއީ ވަޒީފާ އަދާ ކުރުމަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ ގަވާއިދާ ޚިލާފު އަމަލެއް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. 

ހައުސިންގ މިނިސްޓްރީ އިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކާއި، ގާޑިޔާތަކުން ޤަވާއިދާ ޚިލާފަށް އަމަލު ކުރާ މަންޒަރު ފާހަގަ ކުރެވެމުންދާ ކަމަށެވެ. އެގޮތުން، ބިދޭސީން އެފަދަ ތަންތަނުގައި ބޭތިއްބުމުގެ އިތުރުން، އެފަދަ ތަންތަން ކުއްޔަށް ދޫ ކޮށްފައިވާ ފަރާތުން އެހެން ފަރާތްތަކަށް ކުއްޔަށް ނުވަތަ އެނޫންވެސް ބޭނުމަށް ދޫކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް އެމިނިސްޓްރީން ބުންޏެވެ. މީގެއިތުރުން ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފުވެފައިވާ ކަންކަން ހިނގަމުންދާނަމަ، ދެ ދުވަސް ތެރޭގައި އިސްލާހު ކުރުމަށް ފުރުސަތު ދިނުމަށްފަހު އިސްލާހު ނުކޮށްފިނަމަ އޮންނަ އުސޫލުގެ ދަށުން އެބަޔަކާއިމެދު ފިޔަވަޅު އަޅަމުންދާނެކަމަށް ހައުސިންގ މިނިސްޓްރީން ބުންޏެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...