ސިއްޙީ ދާއިރާ ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު ހޭލުންތެރިކުރުމަށް ހޭދަކުރައްވާ މިންވަރުވެސް އިތުރު: ހެލްތް މިނިސްޓަރު

ޓްރޭނިންގ ވޯރކްޝޮޕް ފޯރ ހެލްތް ކެއަރ ޕްރޮވައިޑާރސް އޮން ކްލިނިކަލް ރިކޮގްނިޝަން އެންޑް މެނޭޖްމަންޓް އޮފް ޑެންގީ ވޯކްޝޮފްގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވާހަކަފުޅު ދައްކަވަނީ

މި ސަރުކާރުން ރާއްޖޭގެ ސިއްޙީ ދާއިރާ ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު ސިއްޙީ ހޭލުންތެރި ޕްރޮގްރާމްތަކަށް ހޭދަކުރައްވާ މިންވަރުވެސް އިތުރުކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޓްރޭނިންގ ވޯރކްޝޮޕް ފޯރ ހެލްތް ކެއަރ ޕްރޮވައިޑާރސް އޮން ކްލިނިކަލް ރިކޮގްނިޝަން އެންޑް މެނޭޖްމަންޓް އޮފް ޑެންގީ ވޯކްޝޮފްގެ ބައިވެރިންނަށް ސެޓްފިކްޓް ހަވާލުކުރުމަށް އައިޖީއެމްއެޗްގެ އޯކިޑް މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނު ވެރިކަމާއި ހަވާލުވެވަޑައިގެން ސިއްޚީ ދާއިރާ ތަރައްގީކުރުމަށް އެތައް މިލިޔަން ރުފިޔާއެއް ޚަރަދުކުރަމުންދާކަމަށެވެ.

އަދި ރައީސް ޔާމިންގެ ސަރުކާރުން ސިއްޙީ ދާއިރާއަށް ވަރަށް ބޮޑު ހޭދެއެއް ކުރައްވާ ކަމަށާއި އެއީ ހަމައެކަނި ސިއްޙީ ދާއިރާގެ އިންފްރާސްޓްރަކްޗަރ އަށް ކުރައްވަމުން ގެންދަވާ ހޭދައެއް ނޫންކަމަށެވެ. އޭގެ އިތުރުން ސިއްޙީ ދާއިރާގެ ކަންކަން ރަގަޅު ކުރެއްވުމަށްޓަކައި އެކިއެކި އާ ހިދުމަތްތަށް ވެސް ތައާރަފް ކުރެއްވުމުގެ އިތުރުން އެކިއެކި ހޭލުންތެރި ޕްރޮގްރާމްތަށް ވެސް ހިންގަމުން ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ އެންސީއައިޓީ އާއި ގުޅިގެން މިމަހުގެ ފަންސަވީސް ވަނަ ދުވަހުން ފެށިގެން ހަތާވީސް ވަނަދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮފަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރީޖަނަލް ހޮސްޕިޓަލްތަކާއި އަދި އެންސީއައިޓީގެ ފަރާތުން އީ ސެންޓަރުތައް ގާއިމް ކުރެވިފައިވާ ރަށްތަކުގެ ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ގޮތަށް ހިންގުނު ތިން ދުވަހުގެ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕްގެ މަޤްސަދަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނާއި ނަރުހުންނަށް ޑެންގީ ބަލި ހުރިކަން ދެނެގަތުމަށް މިހާރު ހެދެން ހުންނަ ޓެސްޓްތަކުގެ ބޭނުން ހަރުދަނާ ގޮތެއްގައި ހިފުމުގެ މަގުސަދުގައްޔާއި އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއިއެކު ޑެންގީ ޖެހިފައިވާކަން ކަށަވަރު ކުރެވިފައިވާ މީހުންނަށް ފަރުވާކުރުމުގެ ކަންކަން ހަރުދަނާ ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.

އަދި މިހާރު ލިބެން ހުރި އެންމެ ފަހުގެ ގައިޑްލައިންތަކާއި ވަސީލަތްތަކަށް އަޙުލުވެރި ކުރުންވެސް މި ވޯކްޝޮޕްގެ މަޤްސަދު ގެ ތެރޭގައި ހިމެނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...