ކޮރަޕްޝަނުގެ އަމަލުގައި ބައިވެރިވި ބޭފުޅުންނާ ދެކޮޅަށް ފިޔަވަޅު އަޅުއްވަން ކެރުނު ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން

އިކޮނޮމިކްމިނިސްޓަރމުހައްމަދުސައީދު- ފޮޓޯ: ޗެނަލް 13

 


ރައްޔިތުންގެ ފައިސާއިން އެތައް ބިލިއަން ޑޮލަރުގެ ހިޔާނާތްވިއިރު، އެކަމުގައި ބައިވެރިވި ބޭފުޅުންނާ ދެކޮޅަށް ފިޔަވަޅު އަޅުއްވަން ކެރުނު ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުއްޖެއެވެ.

މިނިސްޓަރ ސައީދު މިފަދައިން ވިދާޅުވީ ގއ. ވިލިގިލީގައި ޕީޕީއެމުން ބޭއްވި ޖަލްސާގައިވާހަކަދައްކަވަމުންނެވެ. 


މިނިސްޓަރ ސައީދުވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ކޮރަޕްޝަނުގެ އިގިލި ދިއްކުރުމަކީ ދެކޮޅު ނުޖެހޭކަމެއްކަމަށެވެ. އެގޮތުން ކޮރަޕްޝަނާއި ފަސާދަ އާއި އަނިޔާވެރިކަން ހިންގަނީ އިދިކޮޅު ފަރާތްތަކުން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާޢި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އޭނާ ފާޑު ވިދާޅުވިއެވެ. މިނިސްޓަރ ސައީދު ވިދާޅުވި ރައީސް ޔާމީނަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން އަންނަ ފިއްތުންތަކުގައި ދިވެހިން ބޭނުންވާ އުންމީދުތައް ހާސިލް ކުރުމުގައި ކެރިވަޑައިގަންނަވާނެ އަމާނާތްތެރި ލީޑަރެއްކަމަށެވެ.


އަދި އެފަންވަރާއި އެ ހިތްވަރު ރައީސްޔާމީންގެ ހަށިކޮޅުގައި އެބަހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން ހިންގަމުން އަންނަ ތަރައްގީގެ ބާރު ދުވެލި ހުއްޓުވުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓާލުމަށް މިނިސްޓަރ ސައީދު ވަނީގޮވާލައްވާފައިެވެ.


އިދިކޮޅު ފަރާތްތަކުން ބޭރުގެ ގައުމުތަކަކާއި ބައެއް ގައުމުތަކުގެ ބޭންކް ތަކަށް ގޮސް ރާއްޖޭގެ ތަރައްގީއަށް ހިންގަވާ ޕްރޮޖެކްޓްތަކަށް އެހީ ނުވުމަށާއި ރާއްޖޭގެ ކުރިއަށްދާ ތަފާތު މަޝްރޫއުތައް ބޮއިކޮޓް ކުރުމަށް އާދޭސްކުރަމުންދާކަމަށް ސައީދު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ތަރައްގީއަށް ހުރަސް އެޅުމުގެ ގޮތުން ބޭރުގެ ގައުމުތަކުގެ އިސްވެރީންގެ އަރިހުގައި ރާއްޖޭގެ ނަން ހުތުރުވާނޭ ގޮތަށް ތަފާތު ވާހަކަތަށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާކަމަށް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަކީ ރައްޔިތުންގެ ލާބަ އާއި މަންފާއަށް އަބަދުމެ މަސައްކަތް ކުރާ ސަރުކާރެއް ކަމަށާއި މި ސަރުކާރުން ހާއްސަކޮށް ޒުވާނުންނަށް ގިނަފުރުސަތުތަކެއް ފަހިކޮށްދީފައިކަމަށެވެ. މިފަދަ ހުރިހާ ސަބަބުތަކަށްޓަކާ ކުރިއަށް އޮތް ދައުރަށް ރައީސް ޔާމީން އިންތިހާބު ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި.


އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...