މަގުހެދުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއށްދޭ: އެމްއާރުޑީސީ

އެމްއާރުޑީސީގެ އެކްޓިންގ މެނޭޖިން ޑައިރެކްޓަރ މަމްދޫހު- ފޮޓޯ: ޗެނަލް 13

އެމްއާރު ޑީސީން އަތޮޅުތެރޭގައި ކުރިއަށްގެންދާ މަގުހެދުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއށްދާކަމަށް އެކުންފުނީގެ އެކްޓިންމެނޭޖިން ޑައިރެކްޓަރ އަހުމަދު މަމްދޫހުވިދާޅުވެއްޖެއެވެ. 
މަމްދޫހު މިހެންވިދާޅުވީ އެމްއާރުޑީސީން ކުރިއަށް ގެންދަވާ ޕްރޮޖެކްޓްތަކާއިބެހޭ އެންމެ ފަހުގެ މައުލޫމާތު މީޑިއާއަ ހިއްސާކުރެއްވުމަށް ބޭއްވީބައްދަލުވުމުގައިވާހަކަދައްކަވަމުން.


އެމްއާރުޑީސީން ކުރިއަށްގެންދާ މަގުހެދުމުގެ ޕްރޮޖެކްޓްތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން އެކުންފުނީގެ އެކްޓިންގ މެނޭޖިން ޑައިރެކްޓަރ މަމްދޫހު ވިދާޅުވީ މިވަގުތުވެސް އަތޮޅުތެރޭގެ 14 ރަށެއްގައި މަގުހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

އޭގެތެރެއިން ގދ. ތިނަދޫ، ގއ ވިލިގިލީ، ދ ކުޑަހުވަދޫ، ތ. ވިލިފުށި އަދި ސ. ހުޅުމީދޫ މަގުހެދުމުގެ މަސައްކަތްކަތްކޮށް ނިމިފައިވާ ކަމަށާއި، ހއ. ދިއްދޫގެ 15 މަގު އެއީ 4.5 ކިލޯމީޓަރުގެ މަގުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެވެ. އަދި އެ ޕްރިޖެކްޓްގެ 85 އިންސައްތައިގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އޭނާވިދާޅުވިއެވެ. މީގެ އިތުރުންވެސް ހދ. ކުޅުދުއްފުށީގެ 18 މަގެއްގެ މަސައްކަތްކުރިއަށްދާ ކަމަށާއި އެއީ ގާތް ގަނޑަކަށް 5.8 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތުގެވެސް 60 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މަމްދޫހު ވިދާޅުވިއެވެ.

އަދި ހދ ހަނިމާދޫގެ 21 މަގެއްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެއީ 6.5 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކަމަށާއި އެ މަޝްރޫއުގެ 20 އިންސައްތައިގެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ. 

މީގެ އިތުރުންވެސް މަމްދޫހު ވިދާޅުވީ ލ ފޮނަދޫގެ 9 މަގެއްގެ މަސައްކަތް ކުރިއަށްދާކަމަށާއި އެއީ 5 ކިލޯމީޓަރުގެ މަސައްކަތް ކަމަށްއެވެ. އަދި އެމަސައްކަތުގެ 98 އިންސައްތައިގެ ސައިޑްވޯކްގެ މަސައްކަތް ނިމިފައިވާކަމަށާއި، ކެލެޖުވޭގެ މަސައްކަތް އަންނަ އޮކްޓޯބަރ މަހު ކުރިއަށްދާނެކަމަށެވެ. އޭނާ ވިދާޅުވީ ފުވައްމުލަކު ލިންކް ރޯޑަކީ 2.7 ކިލޯމީޓަރުގެ ދިގު މަގެއްކަމަށާއި އެމަގުގެ 10 އިންސައްތަ މަސައްކަތް ނިންމާ އެ މަސައްކަތައް ބޭނުންވާ ޕްރިކާސްޓް މެޓީރިއަލް ސައިޓައް ފޮނުވާފައިވާ ކަމަށެވެ. ހަމަ އެއާއެކު އދ މަހިބަދޫގެ 19 މަގެއްގެ މަސައްކަތް ކުރެވެމުންދާކަމަށާއި އެއީ 3 ކިލޯމީޓަރުގެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ އެ މަސައްކަތުގެ 54 އިންސައްތަ މަސައްކަތް ކަމަށް ވިދާޅުވިއެވެ.


މަގު ހެދުމުގެ އިތުރުން އަންނަ އަހަރު ބަނދަރުގެ 7 ޖެޓީއެއްގެ މަސައްކަތް ކުރިއަށްދާކަމަށް މަމްދޫހު ވިދާޅުވިއެވެ. އިތުރަށް މަމްދޫހު ވިދާޅުވީ އެމްއާރްޑީސީން ފަށާފައިވާ ފުޓްސަލް ދަނޑު ހެދުމުގެ މަޝްރޫގެ 67 ރަށެއްގެ ސިވިލް ވޯކްސް މަސައްކަތްތައް ނިމިފައިވާ ކަމަށާއި ފަސް ރަށެއްގެ ސިވިލް ވޯކްސް މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށްއެވެ. އަދި 8 ރަށެއްގައި ފެންސްތައް ރާވާ ބެންޗްތަށް ހަރުކުރުމުގެ މަސައްކަތް ނިމި ފުޓްސަލް ދަނޑުގައި އަޅާ ޓާފް ރާއްޖެ އައިސްފައިވާ ކަމަށާއި ކުރިއަށްއޮތް ދެ ހަފްތާ ތެރޭގައި އެ ރަށްރަށަށް ޓާފް ފޮނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...