ދިރާގާއި ޔޫއެންޑީޕީއާ ގުޅިގެން ބޭއްވި ފިލްމް ފޮ ޗޭންޖްގެ ޕްރިމިއަރ ޝްވެކް ސިނަމާގައި ބާއްވައިފި

ފިލްމް ފޮ ޗޭންޖްގެ ޕްރިމިއަރ ލޯންޗް ކުރުމަށްޓަކައި ޝްވެކް ސިނަމާގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ދިރާގާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދިޔަ ފިލްމް ފޮ ޗޭންޖްގެ ޕްރިމިއަރ  ޝްވެކް ސިނަމާގައި އޮތް ރަސްމިއްޔާތެއްގައި ބާއްވައިފިއެވެ.

ފިލްމް ފޮ ޗޭންޖް އަކީ ޒުވާނުންނަށް ހާއްސަކޮށްގެން މިދިޔަ މަހު ކުރިއަށް ގެންދިޔަ ކުރު ފިލްމު ހެދުމުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ ޒުވާނުން ކްރިއޭޓިވް އާރޓްސްގެ ދާއިރާއަށް ޝައުގުވެރި ކުރުމުގެ އިތުރުން ޒުވާނުންނާއި އާންމު މުޖުތަމައަށް ދިމާވާ މައްސަލަތަކުގެ ހައްލު ހޯދައި، އެކަން ކަމަށް ހޭލުންތެރިކުރުމަށް ކުރެވޭނެ ކަންކަން ފިލްމު ފަދަ ވަސީލަތްތަކުގެ ޒަރިއްޔާއިން އަމިއްލައަށް ހޯދައިދިނުން ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.


އެގޮތުން މި ޕްރޮގްރާމުގައި ބައިވެރިކޮށްފައިވާ ފިލްމުތަކަކީ މުޖުތަމައުގައި ހިނގާ ތަފާތު އެކިއެކި މައްސަލަތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމުތައް ކަމަށާއި ފިލްމުތަށް ބިނާކޮށްފައިވަނީ ޔޫއެންޑީޕީއިން ކަނޑައަޅާފައިވާ ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ގޯލްސް (އެސްޑީޖީ) ގެ ތިން ބަޔަކަށް ބަހާލައިގެން ކަމަށް ވެސް ދިރާގުން ބުނެއެވެ.


މީގެ ތެރޭގައި އެސްޑީޖީ 5 ޖެންޑާ އީކުއަލިޓީ ނުވަތަ ދެ ޖިންސުގެ ހަމަހަމަކަން، އެސްޑީޖީ 10 ރިޑިއުސް އިންކުއަލިޓީ ނުވަތަ އެންމެންނަށް ހަމަހަމަ ފުރުސަތާއި އަދުލު ލިބުން އަދި އެސްޑީޖީ 12 ރެސްޕޮންސިބަލް ކޮންސަޕްޝަން އެންޑް ޕްރޮޑަކްޝަން ނުވަތަ ޒިންމާދާރު ގޮތުގައި ތަކެތި އުފެއްދުމާއި ބޭނުންކުރުން ފަދަ ގޯލްތައް ހިމެނެއެވެ.


ޕިލްމް ފޮ ޗޭންޖަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހާ ހަމައަށް ތަމްރީނު ޕްރޮގުރާމެއް ވެސް ދިރާގުން ވަނީ ބާއްވާފައެވެ. މި ދާއިރާގައި ތަޖުރިބާކާރު އަދި ފުންނާބު އުސް ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްދިޔަ މި ތަމްރީން ޕްރޮގްރާމުގައި ވާހަކަ ލިޔުމާއި، ޑައިރެކްޓްކުރުމާއި، ވީޑިއޯގްރަފީ އަދި ޕްރޮޑަކްޝަނާ ބެހޭގޮތުން ޕްރޮގްރާމުގެ ބައިވެރިންނަށް އެކިއެކި ފަންނީ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.


ދިރާގާއި ޔޫއެންޑީޕީއިން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ ތެރެއިން ޒުވާނުން އުފައްދާފައިވާ ކުރު ފިލްމުތައް ސޯޝަލް މީޑިއާގައި ދައްކާލުމަށް ވެސް ވަނީ ނިންމާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...