ޓެކްސް ނެގޭ ހަރަކާތްތައް ޖީއެސްޓީއަށް ރަޖިސްޓްރީ ކުރުމާ ގުޅޭ އުސޫލަށް ބަދަލު ގެނައުން

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ). ފޮޓޯ: އަވަސް

ޓޫރިޒަމް ދާއިރާގެ ޓެކްސް ނެގޭ ހަރަކާތެއް ހިންގާ ފަރާތްތަކުން، ޓޫރިޒަމް ދާއިރާ ނޫން އެހެން ދާއިރާއެއްގެ ޓެކްސް ނެގޭ ހަރަކާތެއް ހިންގާ ނަމަ، އެ ހަރަކާތެއް ނިސްބަތްވާ ދާއިރާއެއްގައި ރަޖިސްޓަރީ ކުރަންޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއިން ބުނެފިއެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން ނެރެފައިވާ ޓެކްސް ރޫލިންގްގައި ބަޔާންކޮށްފައިވާ ގޮތުން، ޓޫރިޒަމް ދާއިރާގައި ޓެކްސް ނެގޭ ހަރަކާތެއް ހިންގާ ފަރާތަކުން އެހެން ދާއިރާއެއްގެ ޓެކްސް ނެގޭ ހަރަކާތެއް ހިންގާނަމަ، ޖީއެސްޓީ ގާނޫނުގައި ޖީއެސްޓީއަށް ރަޖިސްޓްރީ ކުރުމަށް ލާޒިމުވާ ކަމަށް ކަނޑައަޅައިފައިވާ އެއް މިލިއަން ރުފިޔާގެ ތްރެޝޯލްޑަށް ބެލުމެއްނެތި އެ ހަރަކާތެއް އެކަމާ ގުޅޭ ދާއިރާއެއްގައި ޖީއެސްޓީއަށް ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ.


އަދި ޖީއެސްޓީ ގާނޫނުގެ ދަށުން މީރާގައި ޓޫރިޒަމް ދާއިރާގައި ޓެކްސް ނެގޭ ހަރަކާތްތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އެހެން ދާއިރާގައި ޓެކްސް ނެގޭ ހަރަކާތެއް ހިންގާ ނަމަ، އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ކުރިން ޖީއެސްޓީއަށް ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށް ވެސް މީރާއިން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...