ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ފްލެޓު ލިބުނު މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

ހުޅުމާލެގަައި މީހުން މިހާރު ދިރިއުޅެމުން ދާ ބަޔެއް ފުލެޓްތަށް

ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ފްލެޓު ލިބުނު މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފިއެވެ.

ހައުސިން މިނިސްޓްރީގެ އިއުލާނުގައި ވަނީ ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، މާލޭގެ ރަށްވެހިންނަށާއި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ އާއިލާތަކަށް ޚާއްސަކޮށްގެން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ތެރެއިން މާލޭގެ ކެޓަގަރީ އެކެކާއި ކެޓަގަރީ ދޭއް ގެ ފްލެޓްތަކަށް ޝަރުތުހަމަވެ ފްލެޓް ލިބޭ މީހުންގެ ފޯމު ނަމްބަރު އެނގޭނެ ފައިނަލް ލިސްޓް އާންމުކޮށް އެންގުމުގެ ގޮތުން މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.

އަދި މިނިސްޓްރީގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެ ކަމަށް އެ މިނިސްޓްރީ ވަނީ ބުނެފައެވެ. ފްލެޓު ލިބޭ މީހުންނާއެކު އެއްބަސްވުން ހެދުމުގެ ކުރިން، އެމީހުންނާއި މައިންބަފައިންނާއި އަނބިމީހާ ނުވަތަ ފިރިމީހާގެ ގޯތިގެދޮރާ ބެހޭ މައުލޫމާތު އިތުރަށް ބަލައި ޗެކްކުރެވޭނެ ކަމަށް އެ އިއުލާންގައި ބުނެފައިވެއެވެ.

އަދި ދެމަފިރިން ފްލެޓަށް ހޮވިއްޖެނަމަ، ދެމަފިރިންނަށް ލިބޭނީ އެއް ފްލެޓް ކަމުގައި ވެސް އެ އިއުލާންގައި ވަނީ ބުނެފައެވެ. އާއްމު ކުރި ދެ ލިސްޓުގައި ، އެއް ސުމާރު ނަންބަރެއްގައި ދެ ފޯމް ނަންބަރު ޖަހާފައިވަނީ ދެމަފިރިންނަށް ލިބޭ ފްލެޓްތަކުގައެވެ.

އަދި ދެމަފިރިން ހޮވިއްޖެނަމަ ދެމަފިރިންނަށް ލިބޭނީ އެއް ފްލެޓް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. ފައިނަލް ލިސްޓުގައިވާގޮތުން ފްލެޓު ލިބިފައިވަނީ ކެޓަގަރީ އެކަކުން ފަސްސަތޭކަ މީހުންނާއި ކެޓަގަރީ ދޭކުން ސަތޭކަ ފަސްދޮޅަސް އެއް މީހުންނަށެވެ.

ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ފްލެޓު ލިބުނު މީހުންގެ ލިސްޓާއި ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފްލެޓުތައް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ ކުރިން ފޯމުތައް ހުށަހެޅި ފަރާތްތަކުގެ މައުލޫމާތުތައް ރަނގަޅަށް ބަލާ އެތަށް ފަހަރެއްގެ މަތިން ޗެކްކޮށްފައިވާ ކަމަށެވެ.

އަދި ފުލެޓް ލިބުނު ފަރާތް ތަކުގެ ނަން ހާމަ ނުކޮށް ފޯމް ނަންބަރު އާއްމުކުރުމާއި ގުޅޭ ގޮތުން ހައުސިން މިނިސްޓަރ ޑރ. މުއިޒް މީގެ ކުރިން ވިދާޅުވެފައި ވަނީ ގެދޮރުވެރިކަން ދެވެނީ ނިކަމެތިކޮށް ދިރިއުޅޭ ފަރާތްތަކުގެ ޒާތީ ދިރުއުޅުމުގެ މައުލޫމާތުތަކަށް ބަލާފައި ކަމަށާއި އެހެންކަމުން ފްލެޓު ލިބުނު މީހާގެ ވަނަވަރުތައް ހާމަ ކުރުމުން އެ މީހާ ދިރިއުޅުމުގެ ހާލަތު އާންމުވެ އެ މީހެއްގެ ހައްގުތަކަކަށް އަރައިގަނެވޭނެ ކަމަށް ވާތީކަމަށެވެ.

ހައުސިންގެ މައްސަލަތަކުގެ މައުލޫމާތު ދިނުމަށް މިއަދު މިނިސްޓަރު މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރަން ވަނީ ހަމަޖެހިފައެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...