މަތީ ތަޢުލީމާއި ތަމްރީނަށްދޭ ލޯނުގެ އެހީގެ ފުރުޞަތަށް އެދޭ ފޯމު ބަލައިގަންނަން ފަށައިފި

އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް: ފޮޓޯ ޗެނަލް ތާޓީން

މަތީ ތަޢުލީމު ހާސިލުކުރުމާއި ތަމްރީނު ހޯދުމަށް ބޭނުންވާ ދަރިވަރުންނަށް، ލޯނުގެ އެހީ ދިނުމަށް ކޮންމެ އަހަރަކުވެސް ހުޅުވާލެވޭ ފުރުޞަތުގެ ތެރެއިން، މިއަހަރުގެ ލޯނު އެހީއަށް އެދޭ ފޯމު ބަލައިގަތުން މިމަހު 24 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ ކަމަށް ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން މައުލޫމާތުދެއެވެ.


ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބުނެފައިވަނީ ފޯމު ބަލައިގަތުން މިއަންނަ މަހުގެ 5 ގެ ނިޔަލަށް ކުރިއަށްދާއިރު، މިއަހަރު ވަނީ ޖުމްލަ 1000 ލޯނުގެ ފުރުޞަތު ހުޅުވާލާފަ ކަމަށެވެ. މި ފުރުޞަތުގެ ދަށުން ލޯނުގެ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު ޑިޕްލޮމާ އިން ފެށިގެން މާސްޓަރ ޑިގްރީ އާ ހަމައަށް ކަމާއި އަދި މީގެ އިތުރުން ލައިސަންސް އަށް ކަމަށެވެ.


އަލަށް ކިޔެވުން ފަށާ ދަރިވަރުންގެ އިތުރުން މިއަހަރުގެ 22 އޮގަސްޓުގެ ފަހުން ކިޔެވުން ފަށާފައިވާ ކޮންމެ ދަރިވަރަށްކަށްވެސް މި ލޯނުގެ އެހީއަށް އެދުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...