އެސްއެމްއީ، ލޯން ސްކީމަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

އެސްއެމްއީ ލޯނު ދިނުމުގެ ޚިދުމަތް ރައީސް ތަޢާރަފުކޮށްދެއްވަނީ

އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިފެށުމަށް ނުވަތަ މިހާރު ހިންގަމުންދާ ވިޔަފާރިތައް ކުރިއެރުވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ "އެސްއެމްއީ" ލޯން ސްކީމަށް އެދުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކުރިން އިއުލާން ކޮށްފައިވާ ގޮތައް ބަލާއިރު، މި މަހުގެ 27 ގެ ނިޔަލަށް އެލޯނަށް އެދުމުގެ ފުރުސަތު ހަމަވާނެއެވެ. ނަމަވެސް ގިނަ ބައެއްގެ އެދުމުގެ މަތިން އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ އެ މުއްދަތު އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރުކޮށްދީފައެވެ. 

ލޯނަށް އެދި ހުށައަޅާ ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި މި ފޯމު އިކޮނޮމިކް މިނިސްޓްރީގެ އިތުރުން އެ މިނިސްޓްރީން ހުޅުވާފައިވާ ބިޒްނަސް ސެންޓަރުތަކުން ވެސް ބަލައިގަންނާނެ ކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ. 

''އެސްއެމްއީ" ލޯން ސްކީމަކީ 2015 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖައްސާފައިވާ 50 މިލިއަން ރުފިޔާ، ލޯނުގެ ގޮތުގައި ދޫކުރުމަށް އެސްއެމްއީ ކައުންސިލުގެ ލަފާގެ މަތިން ފަރުމާކޮށްފައިވާ ލޯނު ސްކީމެކެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...