ހުޅުމާލޭގައި ހުންނަ ދަ މެންހަޓަން ފިޝް މާރކެޓް ވަރަށް ސަޅި!

ހުޅުމާލޭގައި ހުންނަ ދަ މެންހަޓަން ފިޝްމާރކެޓް ރެސްޓޯރެންޓް

އެންމެ ކުރިއަރާފައިވާ ޒަމާނީ ކުލަތަކާއިއެކު ތަރައްގީގެ ކުލަ ޖެހެމުން އަންނަ ހުޅުމާލޭގެ ޒަމާނީ ތަރައްގީގައި އެންމެ ބޮޑު ހިއްސާއެއްވާ އެއްތަނަކަށް “ދަ މެންހަޓަން ފިޝްމާރކެޓް” ވާނެކަމީ ޔަގީންވާ ކަމެކެވެ. ދުނިޔޭގެ ނަންމަޝްހޫރު ފުޑްޗެއިން ތަކުގެ ތެރޭގައި ވެސް ގުނާލެވޭ ދަ މެންހަޓަން ފިޝްމާރކެޓަށް ވަދެލުމުން ހުޅުމާލެއަށް އަންނަމުންދާ ތަރައްގީއަށް އެތަނުގައި ދިރިއުޅެމުންދާ އަދި އެތަނަށް ޒިޔާރަތްކުރާ ރާއްޖޭގެ ރައްޔިތުން ހޭނެމުންދާ މިންވަރު ވަރަށް ރީތިކޮށް ވަޒަންކޮށްލެވެއެވެ.


 

ހުޅުމާލޭގައި އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ޝޮޕިންގ މޯލްގެ ޓެރަސްގައި ހަދާފައިވާ މި ރެސްޓޯރަންޓަށް ވަދެލުމުން އަސްލުގައިވެސް މި ހުރެވެނީ ދިވެހިރާއްޖޭގެ ފަސްގަނޑުގައި ކަމުގައި ގަބޫލުކުރުމަކީ ދަތި ކަމަކަށްވާނެކަން ކަށަވަރެވެ. ހަމަގައިމުވެސް އެތަނަށް ވަދެ މޭޒެއްގައި ޖައްސާލުމުން މިދެންނެވި ބަސް ގަބޫލުކުރަން މަޖުބޫރުވާނެއެވެ. އެހެނީ އެތަނުން ފެންނަ މޫނުތަކުގެ ތެރޭގައި އަވަށްޓެރި ގައުމު ތަކުގެ އިތުރުން ޗައިނާއާއި ޔޫރަޕާއި އިނގިރޭސި ވިލާތާއި މެދުއިރުމަތީގެ މޫނުތައް މަދެއްނުވާނެއެވެ.

ދަ މެންހަޓަން ފިޝްމާރކެޓް ރެސްޓޯރެންޓަކީ މުޅި ދުނިޔޭގައި ނަންމަޝްހޫރު ޚާއްޞަ ރަހަތަކެއް ހިމަނައިގެން ވަރަށް ތަފާތު ކެއުންތަކާއި ބުއިންތައް ސާވްކޮށްދޭ ފްރެންޗައިސް ރެސްޓޯރެންޓެކެވެ. ހުޅުމާލޭގައި އެތަން ހުއްޓެއް ކަމަކު އެތަނުގެ ރަހަތަކަގުގައި އެއްވެސް ތަފާތެއް ނެތެވެ. ޚިދުމަތް ދިނުމުގައި ވެސް ހަމަ އެއްވެސް ތަފާތެއް ނެތެވެ.

ތަފާތު ޑިޝް ތަކުގެ އިތުރުން މެންހަޓަންގެ އަމިއްލަ އުފެއްދުންތައް ހިމެނިގެން ތަފާތު ރަހަތަކާއެކު ތައްޔާރުކޮށްފައިވާ ފިނި ބުއިންތަކަކީވެސް އެއްފަހަރު ރަހަބަލާލުމުން ފުދޭނެ ބާވަތްތަކެއްނޫނެވެ. ހުޅުމާލޭ ހޮސްޕިޓަލު ކައިރީގައި ތަރައްގީ ކޮށްފައިވާ ވަރަށް ސަޅި ޝޮޕިންގ މޯލެއްގެ އެންމެ ތާޒާ ވައި ލިބޭ ހިސާބުގައި ހަދާފައިވާ ދަ މެންހަޓަން ފިޝް މާރކެޓަކީ އާއިލާއާއި ރަހުމަތްތެރިނާއި އަދި ލޯބިވެރިންނާއެކުވެސް ވަގުތުކޮޅެއް ހޭދަކޮށްލާ ތަފާތު ވޯލްޑް ބްރޭންޑް ކެއުމަކަށް އިންސާފުކޮށްލާ އަޖުމަ ބަލާލަން ހަމަ ވަރަށް ފައްކާ ތަނެކެވެ.  


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...