އިސްލާމިކް މިނިސްޓްރީން މީޑިޔާތަކާއި ގުޅިގެން ފެށި ޓެލެތޯނަށް 7 މިލިއަން ރުފިޔާގެ އެހީ ލިބިއްޖެ!

އިސްލާމީ މަރުކަޒު ހޯލްގައި އިއްޔެ ފެށި ޓެލެތޯންއަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުން.

އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ ބައެއް މީޑިޔާތަކާއި ގުޅިގެން ފެށި ޓެލެތޯނަށް 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

" ރޮހިންޔާ މުސްލިމުންނާއެކު ދިވެހިން" މިނަމުގައި، އިއްޔެ އިސްލާމީ މަރުކަޒުގައި ފެށި ޓެލެތޯން މިރޭ 12 ޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ.

މި ޓެލެތޯން ކުރިއަށް ގެންދަނީ 12 ސަރަހައްދެއްގައި ފަންޑު ފޮށިތައް ބަހައްޓައިގެންނެވެ. މީގެ އިތުރުން އިސްލާމީ މަރުކަޒުގެ ބޭރުގައިވެސް ފަންޑް ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އިސްލާމީ މަރުކަޒުގެ އިތުރުން، ވިލާ ކޮލެޖާއި، މެޕްސް ކޮލެޖާއި، ސައިރިކްސް ކޮލެޖާއި، އެމްއައި ކޮލެޖްގައިވެސް ފަންޑް ފޮށިތައް ވަނީ ބަހައްޓާފައެވެ.

މިހާރު ކުރިއަށްދާ ޓެލެތޯން މިރޭ 12 ޖަހަންދެން ކުރިއަށް ގެންދިޔަ ނަމަވެސް ސަރުކާރުގެ ފަރާތުން ހުޅުވާފައިވާ ފަންޑް ފޮށިތައް ބަންދުކުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. އަދި އެ ދުވަހު ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ޖުމްލަ ލިބުނު ފައިސާގެ އަދަދު ހާމަ ކުރުމަށް ވަނީ ނިންމާފައެވެ.

މި ޓެލެތޯނަށް މިއަދުގެ އެއްގަޑި ބަޔާއި ހަމައަށް ފަސް މިލިޔަންވުރެ ގިނަ ރުފިޔާ ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.  ޓެލެތޯންއަށް ސަރުކާރުގެ ކުންފުނިތަކުން އަންނަނީ ވަރަށް ބޮޑަށް އެހީތެރިވަމުންނެވެ. އެގޮތުން އެސްޓީއޯއާއި އެމްޕީއެލް އާއި އެމްޑަބްލިޔުއެސް އަދި އެޗްޑީސީން ވަނީ އެއްމިލިއަން ރުފިޔާގެ ފައިސާގެ އެހީ ރޮހިންޔާގެ މުސްލިމުންނަށްޓަކައި ހަދިޔާކޮށްފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...