ބިލެއްފައްސަށް މިރޭ ކަރަންޓް ދޭން މަސައްކަތް ފަށައިފި

ށ.ބިލެއްފަހި އިންޖީނޫގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެރަށަށް އިންޖީނެއް ގެންގޮސް މިރޭ ކަރަންޓް ދޭން މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.


ރޭ ބިލެއްފަހި އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އިންޖީނުގެ ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. ރެއިން ފެށިގެން އެރަށުން ކަރަންޓް ކެނޑިފައިވާއިރު، ފެނަކަ ކޯޕަރޭޝަނުން ބުނީ ހާދިސާ ހިނގި ވަގުތުން ފެށިގެން މައްސަލަ ހައްލުކުރުމަށް މަސައަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ށ ފޭދޫއިން 120 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި އެއަށް ބޭނުންވާ ޕެނަލް ބޯޑު ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މި މައްސަލަ ހައްލު ކުރުމަށް ފެނަކަ ކޯޕަރޭޝަންގެ ޓީމެއް ދަތުރުކުރަމުންދާ ކަމަށާއި މިއަދު އިރުއޮއްސޭއިރު ކަރަންޓުގެ ހިދުމަތް ދެވޭނެކަމަށް ފެނަކައިން މައުލޫމާތުދެއެވެ. ރޭ ހިނގި އަލިފާނުގެ ހާދިސާގައި ބިލެއްފަހި އިންޖީނުގޭގައި ކަރަންޓު ދިނުމަށް ބޭނުން ކުރި ހުރިހާ ޖަނަރޭޓަރެއް ވަނީ ހަލާކުވެފައެވެ.


ށ ބިލެއްފަހީގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ އިރު މާލޭގައިވެސް ވަނީ އަލިފާނުގެ ދެ ހާދިސާއެއް ހިނގާފައި. އެގޮތުުން ކަރަންޓް ޝޯޓެއްގެ ސަބަބުން ހެންވޭރު ފަހާގޭގޭގައި އަލިފާނުގެ ހާދިސާއެއް ހިގާ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި. އަދި ރައްޔިތުންގެ މަޖިލްސް ކުރާގޭގައިވެސް އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ.


 

އެމްއެންޑީއެފުން ބުނީ ފަހާގޭގެ ތިންވަނަ ފަންގިފިލާގައި ހުރި ތަކެތި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށާއި އެހެން ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށެވެ. އަދި ހަމަ އެއާއެކު ރޭގެ 3:55 އެހާކަންހާ އިރު މަޖިލީހުގެ އިދާރާގެ ފުރަތަމަ ފަންގިފިލާގެ ވުޟޫކުރާ ތަނުގައި ހުރި ޑަސްބިނަކާއި ޓިޝޫ ފޮއްޓެއްގައި ވަނީ ރޯވެފައެވެ. ނަމަވެސް ރޯވިތާ ކުޑައިރުކޮޅެއްތެރޭ އެމްއެންޑީއެފްއިން ވަނީ އަލިފާންގަނޑު ނިވާލާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...