"ކޯލިޝަނުގެ ބައިވެރީން ތިބީ ހިޔާލީ ދުނިޔެއެއްގައި"

ސަރުކާރު ކޯލިޝަންގެ ބައިވެރީން ތިބީ ހިޔާލީ ދުނިޔެއެއްގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ( އެމްޑީޕީ)އާއެކު ކޯލިޝަން ހަދާފައިވާ ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީއާއި، އެމްއާރްއެމްގެ ލީޑަރޝިޕްގެ ބޭފުޅުންނާއެކު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނަންގަވާފައިވާ ފޮޓޯއެއް ޓްވިޓަރގައި ހިއްސާ ކުރައްވައި، މީގެ ކުރިން އެމްޑީޕީއާއި އެކު ސިޔާސީ ލީޑަރުން ހަދާފައިވާ އިއްތިހާދުގައި މަސައްކަތް ކުރެއްވި ޑރ.ޖަމީލު ވިދާޅުވީ ކޯލިޝަންގެ ވެރިން ތިއްބެވީ ހިޔާލީ ދުނިޔެއެއްގައި ކަމަށާއި، އެފަރާތްތައް ސިޔާސީ ބާރުވެރިކަމުން މަޙްރޫމްވަމުންދާ ކަމަށެވެ.

"ރައީސް ނަޝީދު އާ ވާހަކައެއް ވިދާޅެއް ނުވޭ. މަޖިލިސް އިންތިޚާބުގައިވެސް ކޯލިޝަނެއް ނެތް. ކައުންސިލް އިންތިޚާބްގައި އަމުދުން ކޯލިޝަން އަށް އެކުގައި ހިނގޭނެ މަގެއް ނެތް." ޑރ.ޖަމީލު ވިދާޅުވިއެވެ.

ޑރ.ޖަމީލު އެހެން ވިދާޅުވިއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް އެކަނި ވޯޓު ދިނުމަށް އެޕާޓީގެ ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ. ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީއަށްޓަކައި ގިނަ ދުވަހު މަސައްކަތް ކޮށްދިން މީހުންނަށް ހައްގު މިންވަރު ނުލިބެނީ ކޯލިޝަނުގެ ސަބަބުން ކަމަށެވެ.

އެވާހަކަފުޅާ ގުޅިގެން ގިނަ ބަޔަކު ވަނީ ނަޝީދަށް ފާޑު ކިޔައިފައެވެ. އެގޮތުން އެމްޑީޕީއަށް ވެރިކަން ލިބުނީވެސް ކޯލިޝަންގެ ސަބަބުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. އަލީޝާކިރު 16 ޖެނުއަރީ 2020 - 13:33

    މަގޭރިޕޯޓު ފުރަތަމަ ހަދަންވީ މިސަރުކާރު ހިންގަން ތިބި ބޮޑުންގެ ޓެސްޓެއް 24 ގަޑިއިރު ހަމައިގަ ތިބޭ ބައެއްތޯ ބަލަން އޭގެ ފަހުގަ ރިޕޯޓުތައް ބަލާފަ ވޯޓުދޭންވީ މިމީހުން ނޫންބާ ރިޔާސީ އިންތިހާބާ ދިމާކޮއް ކުޅުދުއްފުއްޓައް ވަޑައިން ވިދާޅުވީ އަޅުގަނޑުމެން ހޮވައިގެނޭ ސަލާމަތުގެ އައްސޭރިޔެއް އަތުޖެހޭނީ 100 ދުވަހުން އެވަނި މިސްކިތެއް އޭސީ ހަރުކޮއް މިވަނި މަގެއް ހަދާނަމޭ އެއާޕޯޓު ތަރައްގީ ކުރަނީވެސް ތިމަންނާމެނޭ އިންޓްރަސްޓްކުޑަލޯނު ލިބޭނޭ ޓުވެރިޒަމައް ހދ އަތޮޅު ހުޅުވަދޭނަމޭ ކޮޗިންފެރީއޭ ރިސޯޓުގަހުރި މިމީހާގެ ދަރި ރަށައް އަންނަނޭ ނިދަން ކަރަންޓު އަގުހެޔޮވާނޭ މަސްވެރިކަން ކުރިއަރުވަދޭނަމޭ އޭގެފަހުން މަޖިލިސް އިންތިހާބު މިމީހުން ވަޑައިގަތީ ހަމައެލަވަކިޔަމުން އެބެރުޖަހަމުން ދެންމި ވަޑައިގަތީ ކައުންސިލު އިންތިހާބައް ކަނޑުފޭރޭ ބައެއްގެ ގޮތުގަ ހުދަންބަރެއް ހިފައިގެނޯ ކުޅުދުއްފުށި ސީކުއިން ބޯޓުން މީހަމައެމީހުންބާ ނޫނީ ލެއްގި ބަބުބުރު ތަކެއްބާ ސައްކު މިމީހުންނާ ދޭތެރޭ އެއްކަލަ ތިމަންނާމެން ތަރައްގީ ކުރަންބުނި އެއާޕޯޓެއް ހަނދާނެއްނެތް އޭސީކުރަން ބުނި މިސްކިތެއް އޭސީ ކުރެވިފަކާނެތް މިމީހާގެ ދަރި ރިސޯޓަކުން ނިދާކައްނާދޭ ދެންމިފެށީ މުޅިން އެހެންވާހަކައެއް މިހާރުހުރި ހޮސްޕިޓާ ގޯހީ ހިދުމަތް ނުދެނީ ހޮސްޕިޓާ އެމްޑީއެން ރިޕޯޓު ނެރުނީމަ އެމްޑީއެން ގޯސްވީ އެކަންކުރިމީހުން ދައުލަތުގެ ހަރަދުގަ ފިލުވާފަ ދުނިޔޭގެ ދަޅަޔައް ރައްޔިތުން ހެއްލުމައް 200 މިލިޔަން ރުފިޔާ ޖަހައިގެން މިވެސް މުސްލިމުންނޯ ދެންބާރައް އަތްޖަހާ

ގުޅުން ހުރި
Loading...